ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅައިފި

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޑރ މުއިއްޒު ފޯމް ހުށަހަޅުއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅައިފިއެވެ.

ސެޕްޓެމަބަރު މަހުގެ 9 ވަނަ ދުވަހު ބާވަން ހަމަޖެހިފައިވާ އިންތިހާބަށް ޕޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. އެހެންކަމުން ފީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ ޕީޕީއެމްގެ ލީޑަރޝިޕް ބޭފުޅުންނާއި އެކު އިލެކަޝަންސްގެ މައި މަރުކަޒު ދަރުބާރުގެއަށް މުއިއްޒު އާއި އެކު ވަޑައިގަންނަވާފައެެވެ.  އެގޮތުން ޕީޕީއެމްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސެކްރެޓެރީ ޖެނެރަލް މުހައްމަދު ތޮލާލު ވަނީ މުއިއްޒުއާއި އެކު ފޯމު ހުށައެޅުއްވި ވަގުތު ބައިވެރި ވަޑައިގަންނަވާފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ތާއީދު މުއިއްޒުއަށް ލިބިފައެއްނުވެއެވެ. ނަމަވެސް މުއިއްޒު އިންތިހާބުގައި ވާދަކުރައްވަން ނިންމީ ރައީސް ޔާމިންއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ހާލަތެއްގައިއެވެ. މުއިއްޒު ވާދަކުރައްވަން ނިންމަވާފައި ވި ނަމަވެސް ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރުމަށްވެސް ކޯޓުގައި އެދިފައި ވެއެވެ.

ރައީސް ޔާމިންގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހެޅުމުން އީސީ އިން ވަނީ ފޯމު ބޭރުކޮށްލައިފައެވެ. އީސީއިން ބުނެފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާވާތި އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އީސީ އިން ނިންމި ނިމުމަކީ ގޯސް ނިންމުމެއްކަމުގައި ބަލައި ޕީޕީއެމް އިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުން ނިންމައި އެ ކޯޓުން ހުކުމް ކޮށްފައިވަނީ އީސީއިން ނިންމައިފައި ވަނީ ރަނގަޅު ނިންމުމެއްކަމުގައެވެ. އަދި ރައީސް ޔާމިންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމުގައިވެސް ކޯޓުން ވަނީ އަންގަވާފައެވެ. އެހެން ކަމުން އެމަނިކުފާނުގެ ކިބައިގާ ރައިސުލްޖުމަހޫރިއްޔާ އަށް ވުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ އަންގަވާފައެވެ.

ސުޕްރީމު ކޯޓުގެ މި ނިންމުން ގަބޫލުފުޅު ނުކުރައްވާ ޔާމިން ޕީޕީއެމްގެ ލީޑަރޝިޕް ބޭފުޅުންގެ އަރިހުން އެދިވަޑައިގެންނެވީ އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. ނަމަވެސް ސެނެޓު މެންބަރުންގެ އަގުލަބިއްޔަތުން އިންތިހާބު ބޮއިކޮޓު ކުރުމަށް ފާހެއްނުވިއެވެ.  މިނިންމުމަށް ޔާމިން ތާއިދު ނުކުރައްވައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: