ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ސަރުކާރުގެ މައިގަނޑު ސިފައަކީ އަނިޔާވެރިކަން: ރައީސް ސާލިހު

"އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ދ ރިނބުދޫއަށް ވަޑައިގެން ރައީސް ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ މައިގަނޑު ސިފައަކީ އަނިޔާވެރިކަންކަމަށް ރައީސުލުޖްމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާން ރާއްޖެ” ޝިއާރުގެ ދަށުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ދ ރިނބުދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރިނބުދޫއަކީ ތިލޭރުކަމާއި އަތްކަންކުރުމަކީ، މި ރަށު ރައްޔިތުންގެ އެންމެ ބޮޑު ހުނަރުކަމާއި، ސަގާފަތާއި ވެށީގެ ގިރިޓީގެ ނަމޫނާ ރިނބުދޫއިން އަބަދުވެސް ފެންނަމުންދާކަމަަށެވެ.

ރިނބުދޫގައި އާބަދީ މަދު ނަމަވެސް ސަރުކާރުން ރަށަށް ބޭނުންވާ ހިދުމަތް ދިނުމުގައި ފަސް ނުޖެހޭނެކަމަށާއި، އެކަން މި ރަށުން ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމާއި، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މި ރަށުގައި ކޮށް ނިމިފައިވާކަމަށް ރައީށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސާފު ބޯފެން ނުލިބޭ އެއްވެސް ރަށެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރިނބުދޫއަށް ބޭނުންވާ ކަންތައްތައް ފާހަގަކޮށް ގިނަ ވައުދުތަކެއްވެސްވެވަޑައިގެންފައެވެ.

ޒުވާނުންނަށް ބޭނުންވާ ވޮލީ ކޯޓު މި ރަށުގައި އަޅުގަނޑުމެން އަޅާއިދޭނަން. ސިއްހީ މަރުކަޒަށް ގެންނަށް ބޭނުންވާ ބަދަލުތައް ގެންނާނަން.

ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ކުރީގެ އަހަރުތަކަށް ބަލާއިރު، މި ސަރުކާރުން ތަފާތު ދައްކައިފިކަމަށާއި، މިއީ ވޯޓުލާއިރު ވިސްނަންޖެހޭ ކަންކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ އެންމެ މައިގަނޑު ސިފައަކީ އަނިޔާވެރިކަންކަމަށާއި، ހިޔާލު ތަފާތުވާ މީހުން ޖަލަށްލާ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ، ފަނޑިޔާރުގެތައް ހުއްޓުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޖިލީސް ބަންދުކުރިކަމަށްވެސް ވިދާޅުވިއެވެ.

އޭރު ފުދުންތެރި އާއިލާއެއްގެ ދަރިއަަކަށް ނޫނީ މަތީ ތައުލީމު ހާސިލް ނުކުރެވުނު ނަމަވެސް، މި ސަރުކާރުން 18،000 ދަރިވަރުންނަށް ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިނބުދޫގެ ކުޑަ އާބާދީއިންވެސް 12 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުން އަންނަކން ރައީސް ފާހަގަކުރެއްވިއެވެ. ކުޑަ އަދި ބޮޑު ރަށެއް ތަފާތުނުކޮށް ތަރައްގީ ގެންނަވަމުންދާކަމަށް ވިދާޅުވ،ެ އެކަމަށް ބާރުދެއްވުމަށް ރައީސް ވިދާޅުވީ ރިނބުދޫއަށް އެކަނިވެސް 4.3 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީ ހޭދަކޮށްފައިވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވާނެކަމަށާއި، ތަކެތީގެ އަގު މައްޗަށް ގޮސް ރައްޔިތުން ބަނޑަށް ޖެހޭނެކަމަށް ވިދާޅުވެ، މަޖިލީހުގައި ވާހަކަދެއްކެވި ނަމަވެސް، މިހާރު އިންފްލޭޝަން ދަށްވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: