ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފާރިސް މައުމޫން އިސީއަށް ފޯމް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

ފާރިސް މީގެ ކުޑައިރުކޮޅެއް ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް އާއި ފޯމު ހަވާލު ކޮށްފައިވަނީ އެމަނިކުފާނަށް ސަޕޯޓް ކުރައްވާ ގިނަ ބަޔަކާއި އެކުގައެވެ.

އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ފާރިސް ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ޑރ. އަބްދުއް ސައްތާރު ޔޫސުފްއެވެ.

ފާރިސް ރޭ ވިދާޅުވި ގޮތުގައި އޭނާ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރައްޔިތުންނަށް ވަރަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު، ރައްޔިތުންނަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްްވާފައިވާ ބޭފުޅެއް ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ޑރ. އަބްދުއް ސައްތާރު ޔޫސުފް ވިދާޅުވެފައިވަނީ ފާރިސް ދެއްވި ފުރުސަތު ވަަރަށް ހެޔޮ ހިތުން ގަބޫލު ކުރައްވާފައިވާ ކަމަށެެވެ. އަދި މި ކުރެވޭ މަސައްކަތުގައި މިއަދު ގައުމު މި އޮތް ހިސާބުން މާ ރަނގަޅު ހިސާބަކަށް ގެންދިއުމަށް މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން ކަންކަން އިސްލާހު ކުރުމުގެ މާގް މަގްސަދުގައި މިއަހަރުގެ ރިޔާސީ އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން މިއަދު މެންދުރު 14:00 ގައި ހަމަވާއިރު މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ހުރިހާ ފަރާތްތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: