ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ކެނޑިޑެންސީ ފޯމު ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޒަމީލްގެ ފަރާތުން އީސީއާއި ކެނޑިޑެންސީ ފޯމު ހަވާލުކޮށްދެއްވީ އެމަނިކުފާނެވެ. އީސީގެ ފަރާތުން ފޯމާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގްއެވެ.

ޒަމީލްގެ ރަނިން މޭޓަކަށް އައްޔަން ކުރައްވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ. އަދި އިންތިޚާބީ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އޭނާގެ ދަރިކަލުން އަހްމަދު މަހްރާން ޒަމީލްއެވެ.

ޒަމީލް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވެނީ ރައްޔިތުންވެސް ނުކުޅެދޭ ހާލަތަކަށް ވެއްޓުނަ ނުދިނުމަށް ކަމަށެވެ.

އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން މިއަދު މެންދުރު 14:00 ގައި ހަމަވެފައިވާއިރު، މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ހުރިހާ ފަރާތްތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: