ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވަނީ 8 ކެންޑިޑޭޓުން، މިއީ އެންމެ ގިނަ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބު

ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު 2 ޖެހިއިރު ހަމަވެފައުވާއިރު އިންތިޚާބުގައި އަމިއްލަ ގޮތުން 3 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އަދި އެކި ސިޔާސީ ޕާޓީތަކުން 5 ކެންޑިޑޭޓަކު ވަނީ ވާދަ ކުރައްވާފައެވެ. މީގެ ތެރެއިން ފޯމުގެ ކަންކަން ޗެކްކޮށް މިނިވަން ތިން ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައި ގެންފައެވެ.

އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުން:

1. އިބްރާހިމް މުހައްމަދު ޞާލިހު / އެމްޑީޕީ
2. ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ
3. ޤާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ
4. މުހައްމަދު ނާޒިމް / އެމްއެންޕީ
5. އިލްޔާސް ލަބީބް / ޑިމޮކްރެޓްސް

މިނިވަންކޮށް ކުރިމަތި ލެއްވި ކެންޑިޑޭޓުން:

1. އަހުމަދު ފާރިސް މައުމޫން
2. އުމަރު ނަސީރު
3. ހަސަން ޒަމީލް

މިއީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނީ ބުދަ ދުވަހުއެވެ. މިއިންތިޚާބަކީ ސިޔާސީ ގޮތުން ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

އެގޮތުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރަނިންގ މޭޓަކަށް ދެވަނަ ދައުރަށް ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްއެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްއެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ ތައުލީމީ ދާއިރާގެ ތެރެއިން ފާހަގަކޮށްލެވޭ އައްޑޫއަށް ނިސްބަތްވާ ބޭފުޅެއްކަމަށްވާ ޑރ.އަހުމަދު އަދީލް ނަސީރުއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބްގެ ރަނިންގމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫންގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ ޑރ. އަބްދުއް ސައްތާރު ޔޫސުފްއެވެ. އުމަރު ނަސީރުގެ ރަނިންގމޭޓްއަކަށް ހަމަޖައްސާފައިވަނީ އުމަރުގެ ދުވަސްވީ އެކުވެރިޔާ، އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ރަނިންގމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: