ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ކެނޑިޑޭޓަކު ވާނެ ވައުދެއް ނެތް މިންވަރަށް، މި ސަރުކާރަށް ވައުދުތައް ފުއްދިއްޖެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ: ފޮޓޯ ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އހެނެ ްކެނޑީޑޭޓަކު އިތުރަށް ވާނެ ވައުދެއް ނެތްކަމަށާއި، ވައުދުވީ ނަމަވެސް ފުއްދައިނުދެވޭނެކަމަށް ރައީސުލުޖްމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވީ ދ ހުޅުދެލީގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ. މީދޫ ދާއިރާގެ ކޮންމެ ރަށަކަށް އެރުމުންވެސް ފެނިގެންދަނީ އެމްޑީޕީގެ ކޯލިޝަނަށް އޮތް ތާއީދުކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުދެއްޔަކީ ތާރީހީ ރަށެއްކަމަށާއި، އަދި މި ރަށަކީ ހުނަރުވެރި ބަޔަކު ދިރިއުޅޭ ރަށެއްކަމަށް ފާހަގަކޮށް، މިކަން އަދިވެސް އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. ރަށަށް އެމަނިކުފާނު އެރިއިރު، ކީ ހޫނު މަރުހަބާއިންވެސް އެކަން ފެނިގެން ދިޔަކަމަށް ވިދާޅުވިއެވެ.

މި ދާއިރާގެ ކޮންމެ ރަށަކަށް ހުރިހާކަމެއްގައިވެސް ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ އެހީ ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާމްއާއިއެކު އެތައް އަހަރަކު މަޖިލީހުގައި މަސައްކަތް ކުރެވިފައިވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އޭރު ދެ ބޭފުޅުން ދެ ޕާޓިއެއްގައި އުޅުނު ނަމަވެސް، ރައްޔިތުންނާއި ގުޅުން ހުރި މައްސަލަތަކުގައި ސިޔާމް އަބަދުވެސް އިސްކުރީ ގައުމީ މަސްލަހަތުކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޯލިޝަންގެ ވިސްނުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުންކަމަށާއި، އެގޮތަށް ބަލާއިރު މިއީ ކާމިޔަބު ސަރުކަރެއްކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމަށް އައުމަށްވީ ވައުދުތަކުގެ 90 އިންސައްތަ މިހާރު ފުރިހަމަކޮފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވާދަވެރިން ނުވާނެކަމަށް ބުނި އެތައްކަމެއް މިހާރު ފުރިހަމަކޮށް ނިމިފައިވާކަމަށްވެސްް ރައީސް ވިދާޅުވިއެވެ. އެގޮތުން މިނިމަމް ވޭޖު ކަނޑައެޅުމާއި، ތައުލީމާއި ސިއްހީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުކޮށްފައިވާނެކަމަށް ވިދާޅުވެ، ދަތުރު ފަތުރުގެ ނިޒާމާއި އަދި އެހެންވެސް ވައުދުތައް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހުޅުދެއްޔަށް ކޮށްދެއްވަން ހުރި ކަންކަމުގެ ދިގު ލިސްޓެއް އެބައޮތްކަމަށެވެ.

އެގޮތުން:

  • ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރ ގާއިމްކުރުން.
  • އޭޓީއެމްގެ ހިދުމަތް ފޮރުކޮށްދިނުން.
  • ކައުންސިލްގެ އިދާރާއަށް އައު އިމާރާތެއް ގާއިމްކޮށްދިނުން.
  • މަސްވެރިންނަށް ސްޕޯޓްސް ކަނޑުފައްޗެއް ރަށާއި ކައިރީ އަޅައިދިނުން.
  • އައިސް ޕްލާންޓްއެއް ގާއިމްކުރުން.
  • ސިއްހީ މަރުކަޒު އަޕްގްރޭޑުކޮށް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން.
  • މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީ ކުރުން.
  • ބިން ބޮޑުކޮށްދިނުން.

އެހެން ކެނޑިޑޭޓަކުވާނެ ވައުދެއް ނެތްކަމަށާއި، އަދި އެކިއެކި ވައުދުތައްވީ ނަމަވެސް އެއީ ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެފަދައިން ވިދާޅުވެ ރައީސް ސާލިހު ވަނީ ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކާއި، މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އަޅާކިޔުއްވާފައެވެ. މި ސަރުކާރުން ކަންކަން ކުރަންޖެހެނީ އެހެން ސަރުކާރުތަކުން އެކަން ނުކޮށް އޮތީމައިކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: