ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ދެވަނަ ދައުރަށް ހުށައަޅާ މެނިފެސްޓޯގައި ހިލޭ ޑިގްރީގެ ސިޔާސަތުތަކަށް އިތުރު ފަސޭހަތަކެއް!

ހިލޭ ޑިގްރީއަށް ކިޔެވޭނެ އުސޫލު އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގެ ތެރޭގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދެވަނަ ދައުރަށް އެމްޑީޕީއިން ހުށައަޅާ މެނިފެސްޓޯގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރުން ތައާރަފުކުރި ހިލޭ ޑިގްރީގެ ސިޔާސަތަށް އިތުރު ލުއިތަކެއް ގެނައުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފިއެވެ.

ރައީސް ސަލިހު ދަ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ދ ކުޑަހުވަދޫގައި އޮތް ޖަލްސާގައި އެމްޑީޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގެ ފުރަތަމަ ބައި ވަނީ އިފްތިތާހުކޮށްފައެވެ. މި ބައިގެ ނަމަކީ “އުފާވެރި ދިރިއުޅުން” އެވެ.

ޖުމްލަ ތިން ބަޔަކަށް ސިޔާސަތުތައް ބާހާލައިގެން އެކުލަވާލާފައިވާ މި “އުފާވެރި ދިރުއުޅުން” ގައި ހިމެނޭ އުފެންދުތެރި، ފުދުންތެރި ޖީލެއް ބިނާކުރުމުގެ ދަށުން، ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް އެމްޑީޕީއިން ގެންގުޅޭނެ ސިޔާސަތތައް ހިމަނާފައިވެއެވެ.

އެގޮތުން ހިލޭ ޑިގްރީގެ ސިޔާސަތައް ގެންނާނެ ލުއި ފަސޭހަތަށް ހިމަނާފައިވާއިރު، އޭގެ ތެރޭގައި:

  • މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރާނެ. އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރުކުރާނެ.
  • ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލާ، އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތުދެވޭނެ.
  • ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިންފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ.
  • ހިލޭ ޑިގްރީ ޕްރޮގްރާމަށް ހާއްސަ ސްޓޫޑަންޓް ސަޕޯޓް ސަރވިސް ޔުނިޓެއް ގާއިމުކުރާނެ.
  • ހިލޭ ޑިގްރީގެ ދަށުން ކަމާގުޅޭ އިދާރާތަކާ ކުރަންޖެހޭ ފައިސާގެ މުޢާމަލާތް ކުރުމުގެ އުސޫލު ލުއިފަސޭހަކުރާނެ.

ހިލޭ ޑިގްރީ ޕްރޮގްރާމްއަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްކަމަށް ފާހަގަކޮށް، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައިވަނީ 18000 އަށްވުރެ ގިނަ ކުދިންނަށް ޑިގްރީ ފެންވަރަށް ކިޔެވުމަށް މި ސަރުކާރުން ފުރުސަތު ހޯދައިދީފައިވާކަމަށެވެ. އަދި މީގެ ތެރެއިން 7000 އަށްވުރެ ގިނަ ކުދިން މިހާރުވަނީ ހިލޭ ޑިގްރީ ޕްރޮގްރާމުން ދަސްވެނިވެފައިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ގިނަ ގައުމުތަކަކާއި ގުޅުން ބަދަހިކޮށް، ސްކޮލަރޝިޕް ސްކީމްތަކުން ޖާގަ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާކަމަށް ބުނެފައިވެއެވެ. ހަމަމިއާއެކު، ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގާ 5،000 އަށްވުރެ ގިނަ ފަރާތުންވަނީ މި ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: