ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޖާދު ކަނުންސިލް އިނޮވޭޝަން ޗެލެންޖެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ރަށު އަދި އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް އީޖާދު ކައުންސިލް އިނޮވޭޝަން ޗެލެންޖެއް ބާއްވައިފިއެވެ.

މި ޗެލެންޖު ގައި ބައިވެރިވުމަށް ކުރިމަތިލި ކައުންސިލްތަކުގެ ތެރެއިން ޝޯޓްލިސްޓުވި 12 ކައުންސިލާކާއެކު ބާއްވާ ކޭމްޕް އޮގަސްޓު 6 ވަނަ ދުވަހު ކ. ތުލުސްދޫގައި ވަނީ ފަށާފައެވެ. 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޭމްޕުގައި ކައުންސިލްތަކުން ހުށަހަޅައިފައިވާ އީޖާދީ ހިޔާލު ފަރުމާކުރެވިފައިވާ ގޮތް އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށް ފުރުސަތުދީފައިވެއެވެ. ކޭމްޕުގެ އެންމެ ފަހު ދުވަހު ކައުންސިލްތަކުގެ ޓީމްތަކުގެ ފަރާތުން ފައިނަލް ހިޔާލު ޖަޖުންނަށް ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލްތަކަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މިޗެލެންޖުގެ މަގްސަދުތަކުގެ ތެރޭގައި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާއި، ޕްރޮޖެކްޓް މެނޭޖްމަންާއި، ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ހައްލުތައް ބޭނުންކުރުމަށް ކައުންސިލްތަކުގެ ގާބިލިއްޔަތު އިތުރުކުރުމާއި، ކައުންސިލްތަކަށް އާމްދަނީ ހޯދުމުގެ ގޮތުން ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއިންނާއި އޭގެ ބޭރުން ލިބެންހުރި ވަސީލަތްތަކުގެ މައްޗަށް ބިނާކޮށް އީޖާދީ ހައްލު ހޯދައި ޕައިލެޓްކޮށް އެކްސްޕެރިމެންޓް ކުރެވޭން މަންސެއް ފަހިކޮށްދިނުމާއި އަދި އީޖާދަށް ހައްލުތައް އިތުރަށް ފުޅާކޮށް، ލޯކަލް އޮތޯރިޓީ ކޮމްޕެނީ ފަދަ ގޮތްގޮތަށް ދިގު މުއްދަތަކަށް ދެމިގެންދާނެ ފަދައަކުން މިފަދަ ހައްލުތައް ބިނާކުރުން ހިމެނެއެވެ.

މިޗެެލެންޖުގައި ކައުންސިލްތަކުން އީޖާދީ ހިޔާލު ހުށަހެޅުމަށް މައިގަނޑު 6 ދާއިރާއަކަށް އިސްކަންދީފައިވެއެވެ. އޭގެ ތެރޭގައި ބައިވެރިކުރުވަނިވި ދިމިގްރާތީ މަރުހަލާތަކެއް ގާއިމްކުރުމާއި، އާއްމު ތަންތަން އީޖާދީގޮތެއްގައި މުޖުތަމައުއަށް ބޭނުން ހިފޭނެގޮތައް ތަނަވަސްވުމާއި، ސިޔާސީ، މަދަނީ އަދި އިގްތިސާދީ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، މުޖުތަމައުގެ ތަޖުރިބާ އާއި މައުލޫމާތުގެ އަލީގައި ތިމާވެށި ހިމާޔަތްކުރުމާއި، ޑިގިޓަލް ނިޒާމުތަކުގައި ބައިވެރިވުން ކަށަވަރުކުރުމަށާއި ޑިޖިޓަލް ސެލްފް ސާރވިސް ގާއިމްކުރުމާއި، ކާރިސީ ހިރާސް ކުޑަކުރުމާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ގާބިލިއްޔަތުކަން އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޭމްޕްގެ އެންމެ ފަހު ދުވަހު ކަނުންސިލްތަކުގެ ޓީމްތަކުގެ ފަރާތުން ފައިނަލް ހިޔާލު ޖަޖުންނަށް ހުށަހެޅުމާއި ވަނަ ހޮވުން ހަމަޖެހިފައިވެއެވެ. މި ޗެލެންޖުގެ ޖަޖުންގެ ގޮތުގައި ތިއްބަވާނީ ޕްރޮގްރާމްގެ ޕާޓްނަރުންނާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާ އެލް.ޖީ.އޭ ޕްރައިވެޓް ސެކްޓާ ޕާޓްނަރަކާއި އިނޮވޭޝަން އެކްސްޕާޓެއްގެ އިތުރުން ޕްރޮގްރާމުގެ ފެސިލިޓޭޓަރެކެވެ. މިޗެލެންޖުގައި ބައިވެރިވި ކައުންސިލްތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ އީޖާދީ ހުށަހެޅުމަކަށް ޕްރޮޖެކްޓު ހިންގުމަށްޓަކައި 500،000 ރުފިޔާގެ ފައިސާގެ އެހީއާއި ޔޫ.އެން.ޑީ.ޕީ ގެ ނެޓްވޯކްތަކާއި ފަންނީ މާހިރުންނާއި އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: