ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން އެކަނި ޖަލުގައި ބެއްވުމަކީ އިންސާފެއް ނޫން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 273 މީހުން ހިމެނޭއިރު، ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ އިންސާފު ނޫން ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ޑިމޮކްރެޓްސްއިން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެން މާގިނަ ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށާއި ޔާމީން މިނިވަން ކުރަން ގޮވާލާ ބާއްވާ އިހުތިޖާޖުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުންނާއެކު މަގުމަތީގައި ވެސް ތިބޭނެ ކަމަށާއި ބައިނައްލަޤްވާމީ ފަރާތްތަކާއި އެކުގަ ވާހަކަ ދައްކަން ވެސް ވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

”އެނގިވަޑައިގަންންވާނެ އެމްއެމްޕީއާރުސީގެ ވައްކަމުގައި 273 އެބަ ހިމެނޭ، އެހެން ނަމަވެސް އޭގެތެރެއިން އެކަމުގައި އެ ކިޔުއްވާ އެންމެ ބޭފުޅަކު ގެންގޮސް ހިފާ ހައްޔަރުކޮށް ފަސް އަހަރު ވީމާ، ދެން އެއީ އިންސާފުގެ ގޮތުގައި އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ، ރައީސް ޔާމީން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން،“ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ތިން ފަހަރު ހަރު އަޑުފުޅުން ”ރައީސް ޔާމީން“ އޭ ވިދާޅުވުމުން، ރައީސް ނަޝީދުގެ ފަހަތުން، އެއްވެފައި ތިބި ސަޕޯޓަރުން ”ދޫކޮށްލާ“ ގޮވަމުން ދިޔަ އެވެ. ”ރައީސް ޔާމީން… ދޫކޮށްލާ“ ޔާމީންގެ ދިފާއުގައި މިހެން ގޮވަމުން ދިޔަ އެވެ.

ޖަލުގައި ތިބޭ މީހުން ޖަލުން ނެރެން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީގައި އުޅުއްވިއިރު، ޖަލުން މީހުން ނެރުމުގެ ނިޒާމެއް ފައްކާ ކުރެއްވި ވިދާޅުވިއެވެ. އަދި ރައީސް ޔާމިން މިނިވަން ކުރުމަށް ޕީޕީއެމުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

”އަޅުގަނޑު، އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ،“ ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ކުރީގައި ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ގޮވާލައްވާފައިވާއިރު، ރައީސް ޔާމީނުގެ ސަރުކާރުގައި ނަޝީދުގެ މައްޗަށް ދައުވާ އުފުލައި ޖަލަށް ހުކުމް ވެސް ކުރެއްވި އެވެ. 2018 ގެ އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ނަޝީދުއަށް ގެއްލިވަޑައިގަތީ އެ ހުކުމުގެ ސަބަބުންނެވެ.

2018 ރިޔާސީ އިންތިޚާބު ނިމެންދެން ނަޝީދު އުޅުއްވީ ރާއްޖޭން ބޭރަށް އަމިއްލަފުޅަށް އަރުވާލެއްވިގެންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ހޮވިވަޑައިގެން ރައީސް ނަޝީދު މިނިވަން ކުރެއްވުމާއި އެކު ނަޝީދު ރާއްޖެ ވަޑައިގެން 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަނގޯޅި މެދު ދާއިރާގެ މެމްބަރުކަމަށް ހޮވިވަޑައިގެންނެވިއެވެ. ނަޝީދުއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް މެއެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުން ތަކާއި އެކު، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ މެމްބަރުން އެމްޑީޕީއިން ވަކިވެ، މިހާރު މިވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: