ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ މެނިފެސްޓޯ އަކީ ރައީސް ޔާމީންގެ މެނިފެސްޓޯ: އަބްދުއްރަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުން އިންތިޚާބަށް އިދިކޮޅުން ވަނީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެފަ އެވެ.

އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ މެނިފެސްޓޯ އަކީ ރައީސް ޔާމީންގެ މެނިފެސްޓޯ ކަމަށާއި ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނިކުންނާނީ އެ މެނިފެސްޓޯ ހިފައިގެން ކަމަށެވެ. އަދި މެނިފެސްޓޯގައި ހިމެނޭ ބައިތައް ކުރިއަށް އޮތް ދުވަސްތަކުގައި ލޯންޗު ކުރެވޭނެ ކަމަށާއި ރޭވުންތެރިކަމާއެކީ އެކަން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

ކެމްޕޭނުގެ ހަރަކާތްތަކަށް މާލެއިން ޓީމުތައް އަތޮޅުތެރެއަށް މި ހަފްތާ ބަންދުގައި ފުރަން ފަށާނެ ކަމަށާއި އެ ޓީމުތަކުން މާލެ ދެން އަންނާނީ ބޮޑުތަނުން މުއިއްޒު އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ވުމުން ޔާމީން ބޭނުންވެވަޑައިގަތީ އިންތިޚަބު ބޮއިކޮޓްކުރުމަށެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ސެނެޓުން އެކަން ގަބޫލުނުކުރުމުން ވެސް ޔާމީން އެންމެ ފުރަތަމަ އެކަން ގަބޫލެއް ނުކުރެއްވި އެވެ. ނަމަވެސް މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅަން ދަރުބާރުގެއަށް ވަޑައިގެން ހުންނަވަނިކޮށް ޔާމީން ވިސްނުންފުޅު ބަދަލުކުރައްވާފައިވާކަން އިދިކޮޅު ކޯލިޝަނުން ވަނީ އިއުލާންކުރައްވާފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނާއި އިދިކޮޅު ދެ ޕާޓީގެ ލީޑަޝިޕް އޮތީ މުއިއްޒުއާއި އެކު ކަމަށާއި އެކަމުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތްކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި ޕީޕީއެމް-ޕީއެންސީ މިހާރު އޮތީ ޑިމޮކްރެސީ އަށް ފައްކާވެފައި ކަމަށްވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: