ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޮޮަޕަޕެޓަކަށް ވެރިކަން ދޭކަށް ނުވާނެ: މޮވާޓޯ ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަމަށް ހޮވަންވީ “ޕަޕެޓެއް” ނޫންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާ ކުރެއްވި ޕޯސްޓެއްގައި ޝަރީފްވަނީ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުންނަށް ފާޑުވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ ރައީސްއަކަށް ހޮވަންވާނީ ވެރިކަން ކުރައްވާނެ އަދި އެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވަން ބޭނުންވާ ބޭފުޅެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ މަގާމަށް އައްޔަނުކުރަންވާނީ ގައުމުގެ އެންމެ މަތީ ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ބޭފުޅެއްކަމަށާއި އެފަދަ މަގާމަކަށް “ޕަޕެޓެއް” އައްޔަނުކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު އަދި ޕީއެންސީގެ ކެންޑިޑޭޓު އުޅުއްވަނީ އޭނާ ސިފަކުރެއްވި ގޮތަށްކަމަށެވެ. އެގޮތުން ހޮވުނު ނަމަވެސް ވެރިކަން ކުރައްވާނީ އެހެން ބޭފުޅެއްކަމަށް އެ ދެ ކެންޑިޑޭޓުން ވިދާޅުވަމުންދާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، މުއިއްޒު އާއި އިލްޔާސްއަކީ އަމިއްލަ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅުން ނޫންކަން އެ ދެ ބޭފުޅުންވެސް ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެރިކަން ލިބިއްޖެ ހާލަތެއްގައި ވެރިކަން ކުރައްވާނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދުކަމަޡށް ވިދާޅުވާކަމަށެވެ. ޝަރީފް ވިދާޅުވީ، ޕަޕެޓަކަށް ވެރިކަން ދޭން ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: