ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބާދީގައި 200 އެއްހާ މީހުން އުޅޭ ކޮނޑޭއަށްވެސް ރައީސްގެ ވައުދުތަކެއް!

ރައީސް ސާލިހު ކޮނޑޭއަށް ވަޑައިގެން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ގެންގުޅޭ ކުދި އަދި ބޮޑު ރަށެއް ތަފާތުނުކުރުމުގެ ސިޔާސަތުގެ ދަށުން، ކޮނޑޭގެ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަށް ރައީސުލްޖުމްޖުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް ސާލިހު ރިޔާސީ ކެމްޕެއިންއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ ކޮނޑޭ އަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ވިދާޅުވީ ރައީސް ވަނީ މޫސުން ގޯސް ނަމަވެސް ކޮނޑޭއިން ކީ މަރުހަބާ ފާހަގަކުރައްވާފައެވެ. ކޮނޑޭއަކީ ތާރީހީ ތަނެއްކަމަށް ފާހަގަކޮށް ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއީ މަސައްކަތްތެރި ހުނަރުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށެވެ. މިއީ 250 އެއްހާ މީހުން ދިރިއުޅޭ، އާބާދީ ކުޑަ ރަށެއްކަމުން، މީގެ ކުރީ ސަރުކާރުތަކުން މި ރަށަށް މާ ބޮޑު އަޅާލުމެއް ދީފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެކުލަވާލި މެނިފެސްޓޯގައި ކުޑަ އަދި ބޮޑު ރަށެއް ތަފާތު ނުކުރާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮނޑޭގެ ކައުންސިލުން ގޯތި ދޫކުރުމުގައި ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލުމުގެ ސަބަބުން، ކޮނޑޭއަށް ލޯކަލް ޓޫރިޒަމްގައި މުސްތަގުބަލު އެބައޮތްކަމަށެވެ.

ރައީސް ސާލިިހު ވަނީ މިހާރު އިފްތިތާހުކޮށްފައިވާ އެމްޑީޕީގެ މެނިފެސްޓޯގެ ފުރަތަމަ ބައިގައި ހިމެނޭ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. ހުރިހާ އެންމެނަށްވެސް ހުރަހެއް ނެތް މައުނަވީ ބައިވެރިވުން ހަމަހަމަކޮށް، އެ ފުރުސަތު ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ ގޮތް ހަަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ސަރުކާރުން ހާސިލްކޮށްފައިވާ ބައެއް ކަންކަންވެސް ހިއްސާކޮށްފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ އެލަވަންސް ބޮޑުކުރުމާއި، އަދި އިއްޔެ ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވި ކޮރޮސްތެޓިކް ލެބް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މިއީވެސް ފައިދާތަކެއް ކުރާނެ ކަންކަމަށެވެ.

ރައީސް ސާލިހު ކޮނޑޭއަށްވީ ވައުދުތަކުގެ ތެރޭގައި:

  • ބަނދަރު ބޮޑުކޮށްދީ، ފަސޭހައިން ލަފާ ފުރޭ ގޮތް ހައިދިނުން.
  • ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ހައުސިން ޔުނިޓް އެޅުން.
  • ފުޓް ބޯޅަ ދަނޑު އަޅައިދިނުން.

ރައީސް ވިދާޅުވީ މިއަހަަރުގެ ރިޔާސީ އިންތިހާބުގައި ކޮންމެ ރައްޔިތެއްގެ ވޯޓުވެސް މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: