އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެންޑިޑޭޓު ނަމްބަރެއްގެ ގޮތުގައި ނަމްބަރު 4 ކަނޑައެޅިއްޖެއެވެ.
މުއިއްޒުގެ ކެންޑިޑޭޓު ނަމްބަރު ކަނޑައެޅިގެން ދިޔައީ އިންތިހާބީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައެވެ. އޭނާވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މުއިއްޒުގެ ރަނިންގް މޭޓެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްއެވެ.