ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ޖޫން މަހާއި ހަމައަށްދާއިރު މަހަށް ރަނގަޅު އަގު ލިބޭނެ: ރައީސް

ކެމްޕެއިން ހަރަކާތެއްގައި ގއ ގެމަނަފުށީ ރައްޔިތުންނާއި މުހަތަބު ކުރައްވާ ރައީސް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އަހަރުގެ ޖޫން މަހާއި ހަމައަށްދާއިރު، މަސްވެރިންގެ ޝަކުވާތަކަށް ހައްލު ލިބި، މަހަށް ރަނގަޅު އަގެއް ލިބޭނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގއ ގެމަނަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ މަސްތުވާތަކެއްޗާއި ދެކޮޅަށް މި ރަށުން ކުރި މަސައްކަތެވެ. އަދި އެ މަސައްކަތުން ގެމަނަފުށިން މަސްތުވާތަކެތި އެއްކޮށް ނައްތާވިފައިވާކަމަށް ވިދާޅުވެ ރައީސް މިކަމަށް ޝުކުރުއަދާ ކުރެއްވިއެވެ.

ގެމަނަފުއްޓާކީ މަސްވެރިކަމަށް މަޝްހޫރު ރަށެއްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި ރަށަށް އައިރުގައިވެސް މަސްވެރިންގެ ޝަކުވާތައް ހުރިކަމަށެވެ. އެގޮތުން އައިސް ލިބުމުގެ މައްސަލައާއި، ކިރާ މަހަށް ފައިސާ ނުލިބުމާއި، މަސް ނުކިރުން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މި ދައުރުގައި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށްޓަކައި ކުރަމުންދާ ކަންކަން ފާހަގަކުރައްވާފައެވެެ. ކުރިއަށް އޮތް އަހަރުގެ ޖޫން މަހާއި ހަމައަށްދާއިރު، މި މަޝްރޫއުތައް ނިމި މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ، ކިރާ، އެއަށްވާ ރަނގަޅު އަގު ލިބޭނަކަމަށެވެ.

އިނގިރޭސި ވިލާތާއ ޔޫރަޕިއަން ޔޫނިއަންި (އީޔޫ) އާއިއެކު، މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް މަޝްވަރާ ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަަހަރު ނިމޭއިރަށް، މި މަޝްވަރާއިން ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިއަށްފަހު ރައީސް ހިއްސާކުރެއްވީ އެމަނިކުފާނު މި އަހަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ.

އޭގެ ތެރޭގައި:

  • ކުޑަކުދިންގެ އޮޕްޝަނަލް ވެކްސިން އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އާއިލާއާއި ކުޑަކުދިންނާ ރަހުމަތްތެރި އާއްމު ތަންތަން ކަނޑައަޅާ ކުޑަކުދިންނަށް ހެލިފެލިވެ އުޅެވޭނެ ރައްކާތެރި މާހައުލެއް ގާއިމްކުރުން.
  • ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން ފޮސްޓަރކުރުމުގެ އުސޫލު ހަރުދަނާކޮށް، ލުއިފަސޭހަކޮށް، އެކަމަށް ހިތްވަރުދީ، އާއިލީ ވެއްޓެއްގައި ކުދިން ހެދިބޮޑުވުމުގެ ފުރުސަތު ހޯދައިދިނުން.

ރައީސް ވަނީ އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިއްޖެނަމަ ފުއްދަވައިދެއްވާނެ ބައެއް ވައުދުތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަން ހޯދާ ދިނުމަށް ހައުސިން ޔުނިޓް އަޅާދެއްވާނެކަމަށާއި، އަދި ކައުންސިލްގެ ދުވަސްވެފައިވާ އިމާރާތުގެ ބަދަލުގައި މުޅިން އާ އިމާރާތެއް އަޅާއިދިނުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މަސް ކިރާ، ރައްކާކުރެވޭނެ ފެސިލިޓީ ގާއިމްކޮށްދެއްވާނެކަމަށާއި، އަދި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. ގެމަނަފުށި ކަރީގައި އޮތް އަރައިގައްތާގައި ރިސޯޓު ހެދުމަށް ބިޑަށް ދޫކުރުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. ވައުދުތަކުގެ ތެރޭގައި ގެމަނަފުށީ ސުކޫލުގައި މަލްޓި ޕާޕޮސް ހޯލު ގާއިމްކުރުންވެސް ހިމެނެއެވެ.

ރަށުގެ ރައްޔިތަކު ބިން ހިއްކާ ދޭން އެދުމުން ރައީސް ވަނީ އެކަން ކޮށްދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންފައެވެ. އަދި އެއާއި ކައިރިން މޫދަށް އެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާ، މަގުތައް ޒަމާނީ ެންވަރަށް ތަރައްގީ ކުރައްވާނެކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: