ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަކުވާތައް އެބަހުރި، އެއްބަސްވުންތައް ހާމަކުރުމުން ލިބޭނެ ގެއްލުމެއް ނެތް: ގާސިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: އަބްދުﷲ އިއާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ – މޮރިޝަސް ކަނޑުގެ ފުށު އަރާ ސަރަޙައްދާއި ގުޅޭގޮތުން، އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ ހާމަކުރުމުން ލިބޭ ގެއްލުމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކަނޑުގެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލުމުގައި، ސަރުކާރުގެ އިހުމާލުވާކަމަށް ތުހުމަތުކޮށް އިދިކޮޅާއި ބައެއް ސިޔާސީ ޕާޓީތައް އަދި ކުރީގެ ބަންޑާރަ ނައިބުން ގިނަ ހަރަކާތްތައް އެ ދުވަސްވަރު ހިންގި އެވެ. މޮރިޝަސް ރާއްޖެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އޭޖީ އިބްރާހިމް ރިފްއަތު މަސައްކަތް ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫންކަމަށް އިދިކޮޅުން ބުންޏެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހޫނުވި މި މައްސަލައިގައި ވަރަށް ފަހަކާއި ޖެހެން ދެން ވެސް އިދިކޮޅު ޕާޓީތަކުން އައީ ސަރުކާރާއި ދެކޮޅަށް މުޒާހަރާތަކާއި، އިހުތިޖާޖުތައް އަދި ޖަލްސާތައް ބާއްވަމުންނެވެ.

ސިއްރު ޑީލްތަކެއް ހަދާފައިވާކަމަށް ތުހުމަތު ކުރާ މި މައްސަލައިގައި، މިރޭ ގާސިމް ވިދާޅުވީ ޓްރައިބިއުނަލްގައި މައްސަލަ ކުރިޔަށް ދަނިކޮށް ބަންޑާރަ ނައިބު ކުއްލި ގޮތަކަށް މޮރިޝަސްގެ ބޮޑު ވަޒީރާއި ހަވާލު ކުރަން ސިޓީއެއް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައީސް ހަވާލު ކުރެއްވި އެ ސިޓީ ދައުލަތުގެ ފަރާޔުތުން މޮރިޝަސްގެ ބޮޑުވަޒީރާއި ހަވާލުކުރެއްވި އިރު އެކަމުގެ ތަފްސީލު ރިފްއަތަށް ވެސް އެނގިވަޑައިގަންނަވާހެން ހީނުވާކާމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މި މައްސަލައިގައި އުފެދޭ ސުވާލުތަކަށް ސާފު ޖަވާބެއް ދޭނެ މީހެއް ނެތްކަމަށާއި، ރައްޔިތުންގެ ޝަކުވާތައް ސާފުކޮށްދޭން ޖެހޭނީ ދައުލަތުން ކަމަށެވެ.

މީގެއިތުރުން މީގެ ދުވަސްތަކެއް ކުރިން ފެންމަތިވި އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެ ލިޔެކިއުން ރައްޔިތުންނަށް ނުދައްކާ ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށެވެ. ރައްތިޔުން ތަކުރާރުކޮށް ސުވާލު ކުރާނަމަ، އެކަމެއް ހާމަކުރުމުގައި އެއްވެސް މީހަކަށް ލިބޭނެ ގެއްލުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބައެއް ކަންކަން ފޮރުވުމަށް ކުރާ މަސައްކަތުން ސަލާމަތްކޮށް، ހިމާޔަތް ކުރަން އުޅެނީ ކާކުތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ. ވެރިއަކު ހޮވައި ރައްޔިތުން މަސްއޫލިއްޔަތުތަކެއް އަދާކުރުމުން، ގާނޫނީ އިމުން ބޭރުން ސިއްރުން ކަންކަން ހިންގަން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ. ހާމަކަމާއި އެކު، ސުވާލު އުފައްދާ ކަމަކަށް ޖަވާބީ އެ ލިޔެކިއުމެއް ދެއްކުމަށް ދެން ރައްޔިތުންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތްކަމަށް ގާސިމް ވިދާޅުވި އެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ވާކަންކަން ހާމަކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ވެސް އެކި ފަހަރުމަތީން ކުއްލި މައްސަލަތައް ހުށަހަޅާފައި ވެއެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ހުށަހަޅާ އެ މައްސަލަތައް ގިނަ ފަހަރަށް ބޭރުކޮށްލަނީ، އެއީ އަވައްޓެރި ގައުމުތަކާއި އެކު އޮންނަ ގުޅުން ހީނަރު ކުރުމަށް ސިޔާސީ ބޭނުމެއްގައި ހުށަހަޅާ މައްސަލަތަކެއްކަމަށް ބުނެ އެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން، ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީޙުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅި އެވެ.

މީގެއިތުރުން ކަނޑުގެ މައްސަލައިގެ ސިޓީ ސަރުކާރުން ހާމަކޮށްފައި ނުވަނީ ދެ ގައުމުގެ ހެޑް އޮފް ސްޓޭޓުންގެ މެދުގައި ބަދަލު ކުރެވޭ ލިޔެކިއުންތަކާއި ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެކަމަށް ބުނެ އެވެ. އަދި ސަރުކާރުން ސިފަ ކުރަނީ މިއީ އިދިކޮޅުން ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކައެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: