ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ގުޅެން ބޭނުންނަމަ އެފުރުސަތު އެބައޮތް: މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ގުޅެން ބޭނުންނަމަ އެފުރުސަތު އޮތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ހުރިހާ ޕާޓީއާކާ ގުޅޭ ޕާޓީއެއް ކަމަށެވެ. ޑިމޮކްރެޓްސް އާއި އެހެން ޕާޓީތަކަށް ވެސް އެމްޑީޕީއާއި ގުޅުމުގެ ފުރުސަތު އޮތް ކަމަށް މާރީޔާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އެންމެންނާ ގުޅިގެން ކުރިއަށް ދާން ބޭނުންވާ ޕާޓީ އެއްކަން ވީދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެއްވެސް ޕާޓީއެއް ދުރުނުކުރައްވާނެކަމާއި އަދި އެއްވެސް ޕާޓީއަކާ ދެމެދު ނުރުހުންފާޅު ނުކުރައްވާނެ ކަންވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ކޮވިޑްގެ މި އާލަމީ ވަބާޔާ މުޅިދުނިޔެއަށް އައި އިގްތިސާދީ ދަތިކަމުގެ ތެރޭގައިވެސް ގިނަ ތަރައްގީގެ މަޝަރޫއުތަކެއް ހިންގިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެކަމަަށް ތައްޔާރުވެގެން ތިބީ އެމްޑީޕީއިން އެކަނި ކަމަށެވެ. އިންތިހާބަށް ކެމްޕޭނުކުރައްވަން ނިކުމެވަޑައިގަތީ މެނިފެސްޓޯ އަކާއެކު ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީއިން ފަސް ވައުދެއް ހާމަކޮށްފަ ވާނެ ކަމަށާއި އެއީ އުފާވެރި ދިރިއުޅުމެއް، އާ ޒުވާނުނަގެ ޖީލެއް، އާމާން މުޖުތަމައުއެއް، އިގްތިސާދީ ބޮޑު ބަދަލާއި އަދި ހެޔޮ ވެރިކަމެއް ކަން ވިދާޅުވިއެވެ. 18 އަތޮޅެއްގެ 108 ރަށައް އެމްޑީޕީގެ އެކި ޓީމު ތަކުން ދަތުރު ކޮށްފައިވާއިރު ރައީސް ސާލިހް 64 ރަށަކަށް ވަޑައިގަނެފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިސާލު ނަންގަވާ މާރިޔާ ވިދާޅޫވީ ޕީއެނސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނިކުންނަވަނީ ރައީސް ޔާމިންއަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ ރައްޔިތުންގެ އަޑު އަހ،ާ ރައްޔިތުންނައްޓަކައި، ރައްޔިތުންގެ މެނިފެސްޓޯއެއް ހިފައިގެން ރައްޔިތުން ބޭނުންވާ ވައުދުތަށް ފުއްދުމަށް ކެމްޕޭންކުރައްވަން ނިކުމެ އުޅުއްވާޕާޓީއެއްކަމަށް ވިދާޅުވިއެވެ. މެނިފެސްޓޯގައިވެސް ރައްޔިތުންގެ ވާހަކަ ނުހިމަނާ ކަމަށާއި ވެރިންގެ ގެކޮޅާއި އަދި ރައީސުނަނާއި ނައިބުރާއީސުންގެ ގެކޮޅުތައްޔާރު ކުރައްވާކަން ހިމަނާފައި އޮތްކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ،

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: