ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ސުވާލެއް: ވެރިކަންކުރާތާ 15 އަހަރުވެފައިވާ ދެ ޕާޓީން މިހާރު ކޮން މެނިފެސްޓޯތަކެއް މި ނެރެނީ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 15 އަހަރު ދުވަހު ދިވެހިރާއްޖޭގައި ވެރިކަންކުރަމުންދާ ދެ ޕާޓީއިން މިހާރު މެނިފެސްޓޯ އެކުލަވާލައި ހާމަކުރަމުންދިއުމުގެ ބޭނުމާއިމެދު ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ސުވާލު އުފައްދަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާޙިމް ވައުދުތަކެއް ވެވަޑައިނުގަންނަވާނެކަމަށެވެ. އަލީ ވިދާޅުވީ، އެ ޕާޓީއިން ރައްޔިތުންނާއި ހިއްސާކުރަމުންދާނީ ޖޭޕީގެ ވެރިކަމެއްގައި ކަނޑައެޅިގެން ކުރެވިގެންދާނެކަންކަންކަމަށެވެ. އޭނާ ވިދާޅުވީ، ވައުދުވާނީ ބައެއް އެހެން ފަރާތްތަކުން އެހެން ކަންކަމުގައިކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، 2008 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައި ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރީ އެ ބުނާ ވައުދުތައް ވެގެންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވޭތުވެދިޔަ 15 އަހަރު ދުވަހު ވެރިކަން ކުރަމުންދިޔަ މައި ދެ ޕާޓީއިން މިއަދު މެނިފެސްޓޯތަކެއް ނެރެންޖެހޭ ސަބަބާއިމެދު ރައްޔިތުން ވިސްނާވަޑައިތުމަށް އަލީ ވިދާޅުވިއެވެ. އޭނާ ވަނީ 15 އަހަރުވެގެންދިޔަ އިރު ރަށްތަކުގައި ބޯޅަ ދަނޑު އެޅިފައިނުވާއިރު އަދި އައިސްޕްލާންޓު ފަދަ ކަންކަން ފުރިހަމަ ކުރެވިފައިނުވާއިރު ވެރިކަންކޮށްފައިވާ ޕާޓީތަކުން ހަދައި ލޯންޗުކުރަމުންދަނީ ކޮން މެނިފެސްޓޯތަކެއްތޯވެސް ސުވާލުކުރައްވާފައެވެ.

ރާއްޖޭގައި ވޭތުވެދިޔަ ފަނަރަ އަހަރު ދުވަހު ވެރިކަން ކުރަން ލިބިފައިނުވަނީ ޖުމްހޫރީ ޕާޓީއަށް އެކަނިކަމަށް އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރީތި ޑިޒައިންތައް ބައްޓަންކުރެވިދާނެކަމަށެވެ. އަދި ފާޑުފާޑުގެ އާދައިގެ ޝިޔާރުތައްވެސް ބޭނުންކުރެވިދާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަން ކަމުނުދާތީ ބަދަލުކުރިފަހުން 15 އަހަރުވެގޮސްފައިވާކަމަށެވެ. އެހެންކަމުން މިއަދު އެމަނިކުފާނު ނަން ރަންއަކުރުން ފާހަގަކުރައްވާކަމަށް އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެގޮތަށް ވިދާޅުވަނީ ރައީސް މައުމޫންގެ ވެރިކަމަކީ ވެރިކަމުގެ އަސްލު ނުގެއްލޭގޮތަށް ކޮށްފައިވާ ނަމޫނާ ވެރިކަމެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނަން އޮތުމުންކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ރައީސް އޮފީހުގައި 39 އަހަރު މަސައްކަތްކުރައްވާފައިވާ މުއައްޒިފަކާއި ދާދި ފަހުން ބައްދަލުވެގެންދިޔަކަމަށެވެ. އަދި ރައީސް އޮފީހުގައި މިހާތަނަށް އެންމެ ރަނގަޅަށް މަސްއޫލިއްޔަތު އަދާކުރެއްވީ ކޮން ރައީސްއެއްތޯ ސުވާލު ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވިދާޅުވީ، “ސިސްޓަމެޓިކް” ގޮތަކަށް މަސައްކަތްކުރެއްވީ ރައީސް މައުމޫނުކަމަށް އޭނާ އާއި އެ މުއައްޒިފު ހިއްސާކުރެއްވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: