ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދައުލަތުގެ ބާރު ބޭނުންކުރަނީ ނަހަމަގޮތުގައި: ޑިމޮކްރެޓްސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް އިދިކޮޅު ޕާޓީ ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގައި އިދިކޮޅުގެ ސަޕޯޓަރުން ކުރައްވަމުން ގެންދަވާ އިހުތިޖާޖުތަށް ހުއްޓުވާ ފުލުންގެ ބެލުމުގެ ދަށަށް އެމީހުން ގެންނަ ކަމަށް ޑިމޮކްރެޓްސެ އިން ނެރެފައިވާ ބަޔާނުގައި ވެއެވެ. ނަމަވެސް މިއީ ދައުލަތުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ބުނެފައިވެއެވެ.

ރައީސް ދ.ކުޑަހުވަދޫ އަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވާ ބަޔާންކޮށްފައިވަނީ އެރަށުގެ ކައުންސިލް މެންބަރު އަހްމަދު މައުރޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަކަމަށެވެ. އަދި ޕާޓީގެ އިތުރު ބޭފުޅަކު ގޭގައިހުންނަވައި މެގަފޯނުން އިހުތިޖާޖު ކުރައްވަނިކޮށްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަހުވަދޫ ކައުންސިލް މެންބަރު އިސްމާއިލް ފާރިޝް ވެސް ހައްރު ކޮށްފައިވާކަމަށް ބާޔާނުގައި ވެއެވެ.

ރައީސް ސާލިހްގެ ސެކިއުރިޓީން އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ދުރައްޖައްސާ، ކެފޭ، ރެސްޓޯރަންޓް ތަކުގައި ތިއްބަވާ ފަރާތްތައް އެތަންތަނުން ނެރެ ހައްޔަރުކޮށް ނުވަތަ އެހިސާބުން ދުރަށް ފޮނުވާލާފައިކަމަށް ވެސް ބަޔާނުގައިވެއެވެ. މިފަދަ ގޮތްގޮތަށް ދައުލަތުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް، ބާރުގެ ބޭނުން ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. އިދިކޮޅުގެ ފަރާތްތަކާ މެދު އަމަލުފުޅުކުރައްވަނީ ވަރަށް ބޭއަދަބީކޮށް ކަމަށް ބުނެފައިވެއެވެ. އިހުތިޖާޖުގެ އެތަކެއް ބައިވެރިންނަކަށް އަނިޔާކޮށް ޕެޕަރ ސުޕްރޭ ބޭނުން ކޮށް ގިނަ ފަރާތްތަކެށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ހުރިހާ އިހުތިޖާޖުތަކެއްވެސް ގެންދަނީ ސުލްހަވެރިކަމާއެކު ކަމަށާއިއަދި ރައީސް ސާލިހް އަށް އެވެސް ނުރައްކަލެއް އޮވެވަޑައިނުގަންނަވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: