ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖްތަމައުގައި ތައުލީމު ފެތުރުއްވުމަށް ހާއްސަ ސަމާލުކަމެށް ދީނުގައި ދެއްވާފައިވޭ: ހުކުރު ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

މުޖްތަމައުގައި ތައުލީމު ފެތުރުއްވުމަށް ހާއްސަ ސަމާލުކަމެށް ދީނުގައި ދެއްވާފައި ވާކަމަށް ހުކުރު ހުރުބާގައި ބުނެފައިއެވެ.

ދަރިވަރުންނަށް އިޝާރާތް ކޮށް ބުނަފައިވަނީ ފެށިފައިވާ ދިރާސީ އަހަރު އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުން ހޯދުމަށް އަޒުމު ކަނޑައެޅުމަށެވެ. ކުދިންގެ ހުސްވަގުތު ހޭދަކުރުމުގައި ދެ ދުނިޔޭގެ ހަޔާތަށް ފައިދާ ހުރި، ބޭނުންތެރި ހަރަކާތްތަށް ކުރުމާއި އަދި ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރުމަށް ހިތްވަރާއެކު މަސައްކަތަ ކުރުމަށް ހުތުބާގައި ނަސޭހަތް ތެރިވެފައި ވެއެވެ. އެހެންނަމަވެސް ފޮނި ނަތީޖާއެއް ނެރެވޭނީ މަދަރުސާއަށް އެބާރުލުން ދީގެން ކަމަށާއި، މަދަރުސާގެ ގަވާއިދުތަކަށް ބޯލެނަބުމާއި އަދި މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމު ދީގެން ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

މުދައްރިސުން ނަކީ ދުނިޔޭއާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއްކަމަށް ބުނެފައިވެއެވެ. އަދި ހަމައެއާއިއެކު، ކުދިން ތަރުބިއްޔަތު ކުރުމުގެ މުރަ މަސްއޫލިއްޔަތާ ހަވާލުވެ، މުދައްރިސުން އެކުރައްވަނީ ނަބީބޭކަލުން ކުރެވި މަސައްކަތްޕުޅުކަމަސް ހުކުރު ހުތުބާގައި ބުނެފައި ވެއެވެ. ނަބީބޭކަލުން ފޮނުއްވީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރު ކުރުމަށާއި، ނުބަކަންތަކާ ދުރުހެލި ވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށް ހުތުބާގައި ބުންޏެވެ.

މައިންބަފައިނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި، ތަނަވަސް ކޮސްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހުތުބާގައި ނަސޭހަތްތެރި ވެފައިވެއެވެ. އުންގެނޭ އިލްމުގެ ނޫރުން ﷲ ގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަސް ކުރިއެރުން ހޯދައިނިނުމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. މީގެއިތުރުން ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނާއި ވަތަނަށްޓަކައި ގުރުބާން ވުމަށް ކެރޭ ބަޔަކަށް ވުމަށާއި އަދި މި ދިވެހި ގައުމުދެކެ ލޯބިވާ ދަރިންނަށް ވުމަށެވެ.

ދަރިން ތަރުބިއްޔަތު ކޮށް ދީނާއި އަދި ގައުމަށް ވަފާތެރި. ފައިދާހުރި ބަޔަކަސް ހެދުމުގައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށް ބުނެފައިވެއެވެ. އަދި ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކްމަތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުން ކަމަސްވެސް ހުތުބާގައި ބުނެފައިވެއެވެ. ކިޔަވާ ދެއްވާ ކުދިންގެ ނަމޫނާއަކަށް ވަނީ އެދުރުން ކަމާއި އެދުރުން ކަންކަމާމެދު ދެކޭ ގޮތަށް އެކުދިންވެސް ދެކޭނެ ކަމަށް ފާހަގަކުރިއެވެ. އެހެންކަމުން އެކުދިންނަކީ ދީންދެކެ ލޯބިވާބަޔަކަށް ހަދާ، ގައުމުގެ އިސްތިގުލާލާއި އަދި ސިޔާދަތު ދަމަހައްޓަން ލޯބިކުރާ ކުދިންތަކަކަށް ހެދުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވިއެވެ.

ތަރުބިއްޔަތު ކުރުމަކީ ހުނަރުވެރި ބުރަ މަސައްކަތެއް ކަމަށް ބުނެ ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދެއްވުމަށްޓަަކައި އަދާކުރައްވާ ދައުރަކީ ތައުރީފު ހައްގު ދައުރެއްކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: