ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ޑިމޮކްރެޓްސްއާއި ގުޅުމަށް ސޮއިކުރާތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީން މިނިވަން ކުރާނަން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއިން ޑިމޮކްރެޓްސް އާއި ގުޅޭތާ ހަފްތާއެއް ތެރޭގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ޖަލުން ނެރެދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑިމޮކްރެޓްސްގެ ބާނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ޕީޕީއެމްގެ ލިޑާޝިޕްއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމް ލީޑާޝިޕުގައި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަށް ބޭނުންވާ މީހުންވެސް ތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުގައި އެމަނިކުފާނު ޖަލުގައި ހުންނެވި އިރު ކަންތައްތައްވީ ގޮތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

” އަޅުގަނޑު ޖަލުގައި ނެތީ، ކުޑަ ދުވަސްކޮޅަކު އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީ މެންބަރުންނަށް އެކަން ކުރަންވެސް އެނގޭތީވެ. އަދި މިއަދު އަޅުގަނޑާއި އެކުގައި މިތިބި އެމްޑީޕީގެ އެތަށް ބޭފުޅުންނެއް؛ ތިބޭފުޅުންގެ މެންބަރު ޒާހިރު އަދި ފިރުޝާން، މި ބޭފުޅުންގެ ގިނަގުނަ ބައިވަރު މަސައްކަތްތަކުގެ ސަބަބުން ” ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރި މަސައްކަތާއި އަދި މާލޭ މަގުމަތީގައި ނަޝީދު މިނިވަން ކުރުމަށް ކުރެވުނު މަސައްކަތް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

“ރައީސް ޔާމީނަށް އެލުޔެއް ނުލިބުނު. އަޅުގަނޑު ޕީޕީއެމް މެންބަރުންނަށް ޔަޤީންކޮށް އަރުވަން. ތިބޭފުޅުން އަޅުގަނޑުމެންނާއި އެކުގައި އަޅުގަނޑާއި އެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއިއަޅާތާ ހަފްތާއެއް ތެރޭ، އިރާދަ ކުރެއްވިއްޔާ މާލޭ މަގުމަތީގައި، އަޅުގަނޑު އަބަދު އުޅެގެންވެސް ރައީސް ޔާމީން ގެއަށް ގެނެސްދޭނަން” ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމުން ޔާމީން ޖަލުން ނެރެން މަސައްކަތް ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއިރު، ޕީޕީއެމް މެންބަރުންނަށް އެމަނިކުފާނު ދަނީ ތަކުރާރުކޮށް ޑިމޮކްރެޓްސްއާއި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ. އަދި ޕީޕީއެމް އިންވެސް ގިނަ މެންބަރުން ޑިމޮކްރެޓްސްއަށް ވޯޓު ދޭނެ ކަން ޔަޤީން ވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމުން ކޮންމެ ރެއަކުން ހެން އަޑު އުފުލުމަށް މުޒާހަރާއާއި އިހުތިޖާޖު ކުރަމުންދެއެވެ. އަދި ރައީސް ޞާލިހް ރިޔާސީ ކެމްޕެއިނަށް ވަޑައިގަންނަވާ ސަރަހައްދުތަކަށް އެއްވެ އެކަމާއި އަޑު އުފަލަމުންވެސް ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: