ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ޕާޓީއަކުން ކެންޑިޑޭޓަކު ނެރުމުން ކާކުތޯވެސް ބަލާނުލާ ވޯޓުދިނުމުން ގެއްލުން ލިބޭނީ ރައްޔިތުންނަށް: އަލީ ވަހީދު

ޖޭޕީގެ ޖަލްސާގައި އަލީ ވަހީދު އިންނަވަނިކޮށް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީއެއްގެ ލީޑަރު ވިދާޅުވުމުން ނުވަތަ ވަކި ޕާޓީއަކުން ކެންޑިޑޭޓަކު ނުކުތުމުން އެއީ ކާކުތޯވެސް ބެލުމެއްނެތި ވޯޓު ދިނުމުން އެކަމުގެ ކެހި ލިބިގެންދަނީ ރައްޔިތުންނަށްކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކާކުތޯ ނުވަބަލާ ވަކި ޕާޓީއަކުން ނެރޭ ކެންޑިޑޭޓަކަށް ވޯޓު ދީ އިންތިހާބުކުރުމުން އެކަމުގެ ސަބަބުން ކުރިމަތިވެގެންދާ ދަތިތައް ތަހައްމަލުކުރަންޖެހެނީ ރައްޔިތުންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ވޭތުވެދިޔަ ދެ ދައުރުގައިވެސް ރައްޔިތުންނަށް ފެނިގޮސްފައިވާނެ ހަގީގަތްކަމަށެވެ.

އަލީ ވިދާޅުވީ، ބައެއް ކެންޑިޑޭޓުން އެކި ފަހަރު މަތިން އެކި ގޮތް ގޮތަށް ވާހަކަދައްކަވަމުންދާކަމަށެވެ. އޭނާ ވަނީ ބުނާ ގޮތަށް ނަށަންވީތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، އެގޮތަށް އަމަލުކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެމްޑީޕީ ނަމަވެސް ޕީޕީއެމް ނަމަވެސް ބުނި ގޮތަކަށް އަމަލުކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ސަލާމަތްކުރުމަށް ދަނީ ޖުމްހޫރީ ޕާޓީކަމަށެވެ.

އަލީ ވިދާޅުވީ، އެންމެ ފުރަތަމަ އުފެދިގެންދިޔަ ޑީއާރްޕީ ވުޖޫދުގައިވެސް ނެތްކަމަށެވެ. އަލީ ވިދާޅުވީ، އޭނާއަށްވުރެ އެމްޑީޕީއަށް ވަކި އިހުލާސްތެރިކޮށް ހިދުމަތްކުރި ބަޔަކުވެސް ނުދެއްކޭނެކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަން ވެއްޓިގެންދިއުމަށްފަހު އެމްޑީޕީ އަލުން ވެރިކަމަށް ގެނެވެންދެންވެސް އެ ޕާޓީއާއިއެކު އިހުލާސްތެރިކަމާއިއެކު މަސައްކަތްކޮށްފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގައި މިވަގުތު ތިއްބެވި މެމްބަރުނަށްވެސް އެކަމާއި ދެބަސްނުވެވޭނެކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިގެންދިޔަ މައްސަލަތަކާއި ގުޅޭގޮތުންވެސް އަލީ ވަނީ މި ފުރުސަތުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ދަނޑިތަކާއިއެކު އެމްޑީޕީގެ ތެރެއިން އެއްބަޔަކު ނުކުމެފައިވާކަމަށެވެ. އަލީ ވިދާޅުވީ، އަނެއް ބަޔަކު ޕާޓީގައި ތިބި އިރު އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެހި ގޮވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބާއި ކުރިމަތިލާއިރު ޕީޕީއެމްގެ ކެންޑިޑޭޓެއް އިހުލާސްތެރިކަމާއިއެކު ނެރުނު ނަމަ އެ ކެންޑިޑޭޓަށް ވެގެންދާނީ އެ ޕާޓީ އަށް ސޮއިކުރައްވާފައިވާ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީގައި އޭރު ހުންނެވި އިރު އެންމެ ސީނިއާ ބޭފުޅެއްގެ ގޮތުގައި ހުންނެވީ އެމަނިކުފާނު ކަމަށެވެ.

އަލީ ވިދާޅުވީ، ޑރ ވަހީދާއިއެކު ރަނިނގްމޭޓެއްގެ ގޮތުގައި ޑރ ޖަމީލު ނެރުނުނަމަ އިހުލާސްތެރިކަމުގެ އިނާމު ޕީޕީއެމްއަށް ލިބިގެންދިޔައީސްކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ މަސައްކަތްތްަކެއް ކުރެއްވީ އެ ބޭފުޅުންކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ގައުމުގެ މައްޗަށް ވެރިވެގަތުމަށް އަންނަ “ބާޒު” ތަކުގެ ސަބަބުން ގައުމުގެ ސިޔާސީ ނިޒާމު “ހަރާބު” ވެފައިވާކަމަށެވެ. އަލީ ވިދާޅުވީ، އެ ޕާޓީތަކުގައި އިހުލާސްތެރިކަމުގެ އަގެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، 8 ކެންޑިޑޭޓުން ތިބި އިރު ފަސް ވަނަ ނަންބަރުގެ ގާތުގައި ލިޔެވިފައިވާ ނަން ދޫކޮށް ދާންޖެހޭ ތަނެއް އޮތްތޯ ސުވާލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ނޯންނާނެކަމަށާއި އޮތް ނަމަ ވެރިމީހާ ދިނުމުން “ރާގޮނޑި ކޮލި” ވެސް ކާލަންވީކަމަށެވެ. އަލީ ވިދާޅުވީ ޕާޓީ މީހާ ދިނުމުން އެ ކާލުމަށްފަހު ވިހަވެއްޖެ ހާލަތެއްގައި ވިހަވެގެންދާންވެސް ހެޔޮވާންޖެހޭނެކަމަށެވެ.

އޭނާ ވިދާޅުވީ، ޕާޓީއިން ހޯނެއް ދައްކައިފިޔާ އޭތިވެސް ގަޔަށް އަރުވަންވީކަމަށެވެ. ކަހާތޯ ބަލާނެކަމެއް ނެތްކަމަށެވެ. އަލީ ވިދާޅުވީ، ޕާޓީއިން ދައްކާ ކޮންމެ މީހަކުވެސް ހެޔޮވާނަމަ މީދަލެއް ދެއްކުމުން ދަތް އެޅި ނަމަވެސް ހެޔޮކަމަށް ގާތްވާންވީކަމަށެވެ. އޭނާވަނީ އޭނާއަށް އެގޮތަށް އަމަލުނުކުރެއްވޭނެކަމަށް ފާހަގަކުރައްވާފައެވެ. އަލީ ވިދާޅުވީ، ރާގޮންޑި ކޮލި ކެއުމުން ވިހަވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ގައުމީ ކެންޑިޑޭޓު ގާސިމް އިބްރާޙިމް އިންތިހާބު ކުރަންވީ އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: