އެމްޑީޕީގެ ސިޔާސަތުތަށް ބައްޓަންވެފަ އޮންނާނީ ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތަށް ފޯރުކޮށްދިނުމުގައި ކަމަށް ރައީުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ނ އަތޮޅަށް ކުރއްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން ޅޮހީއަށް ވަޑައިގެން ވިދާޅުވީ ފެނާއި ނަރުދަމާއާއި، ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ލަފާފުރުމުގެ ކަންކަން ހައްލުކުރަމުން ދާއިރު މުޅިރާއްޖެ ދަތުރުފަތުުގެ ނިޒާމަކުން ގުޅާލުން އެއީ އެމްޑީޕީގެ ވައުދެއް ކަމުގައި ދެންނެވިއެވެ. ބޮޑުތިލަދުންމަތީގައި ފެރީގެ ހިދުމަތް ފަށާފައި އޮތް އިރު ދެން އެ ހިދުމަތް އަންނާނީ ނ އަތޮޅަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޅޮހީގައި ހުރި ދަތިތަކުގެ ވާހަކަ ދައްކަވަމުން ވިދާޅުވ ނަރުދަމާގެ މަސައްކަތް ނިމުމަކަށް ގެނެސްދެއްވާނެ ކަމަށެވެ. އެރަށުގައި ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ ދެވަނަ ދައުރެއްގައި ކުރައްވަމުން ގެންދަވާ ވައުދުތަކުގެ ތެރޭގައި ޅޮހީގައި ގިރަމުންދާ ސަރަހައްދު ހިމާޔަތްކޮށް ޓޫރިސްޓުން ނަށް މޫދައްއެރެން ސަރަހައްދެއް ހަދައިދޭނެ ކަމަށެވެ. އަދި ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓޮރީގެ ހިދުމަތް ލިބޭނެ ގޮތް ފަހި ކޮށްދޭނަކަމަށްވެސް ރައީސް ވައުދުވެ ވަޑައިގަތެވެ. ސްކޫލުގައި މަލްޓިޕާޕޯސް ހޯލެއް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ވައުދުވެ ވަޑައިގެންފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު މިއޮތްހާލަތަށް ވުރެވެސް ރަނގަޅު، އަމާން ދިވެހި ރާއްޖެ އެއް ރައްޔިތުންނަށް ހޯދާ ދެއްވާނެ ކަމަށެވެ.

