ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހް އެ ދަނީ ލަދުވެތި ގޮތަކަށް ބަލިވާން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެ ދަނީ ވަރަށް ލަތުވެތި ގޮތަކަށް ބަލިވާންކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހްއާއި ވާދަކޮށް ނާކާމިޔާބީ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ އަރިހުގައި ގއ ވަޑައިގެން ކުރައްވަމުންގެންދަވާ ކެމްޕޭންގައި އެއަތޮޅު ގެމަނަފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދުގެ ވާހަކައިގައި ރައީސް ޞާލިހް އެ ދަނީ ވަރަށް ލަދުވެތި ގޮތެއްގައި ރިޔާސީ އިންތިޚާބުގައި ބަލިވާންކަމަށާއި އެމްޑީޕީ ދެވަނަ ބުރަކަށް ނުދާނެކަމީ ރާއްްޖޭގެ ރަށްރަށުން ފެންނަން އޮތް ހަގީގަތެއްކަމުގައި ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އެ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމީ އެމަނިކުފާނު ޔަޤީންކުރައްވާކަމެއްކަމުގައި ވިދާޅުވިއެވެ.

“ޓެރަރިސްޓް ހަމަލާއަކަށް އެންމެ ބޮޑު ރިސްކެއް އޮތް މީހަކީ އަޅުގަނޑު. އެއީ ފުލުހުންނާއި ސިފައިންވެސް މާ ރަނގަޅަށް އެއްބަސްވާނެކަމެއް. އަޅުގަނޑަށް މި ރަށްރަށުގައި ފަސޭހަކަމާއި އެކީގައި ރައްޔިތުން ބަންދުނުކޮށް، ރަޔަޓް ފުލުހުން އެސްއޯ ފުލުހުން ނުގެނެސް މުގުރާއި ޝީލްޑްއާއި އަދި ޕެޕެރ ސްޕްރޭ ޖަހަމުން ނުގެންގޮސް މި ރަށްރަށުގައި އެބަ ހިނގޭ. މިރަށްރަށުގައި ރައްޔިތުންނާއި ބައްދަލުކުރެވޭ. ދޮރުން ދޮރަށް ހިނގޭ. މިސްމީހުންނާއި މަޝްވަރާކޮށް ބައްދަލުކޮށް ހެދޭ. މި ރާއްޖޭގެ ރަށްތަކަށް ރަޔަޓް ފުލުހުން އަރުވައި ރައްޔިތުން އެއްފަރާތްކޮށްފައި، ރައީސް ޞާލިހްއަށް ސަނާ ކިޔާ މަދު މީސްކޮޅެއް ނިކުންނަވާ، އެމްޑީޕީގެ މަދު ބަޔަކު ނުކުމެ ދައުލަތުގެ ފައިސާއިން ރަށް ރީނދޫކޮށްފައި މި ދައްކާ މަންޒަރު ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަލައެއް ނުގަނެވޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކޮށް ޓިކެޓް ގެއްލުމުން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ މެމްބަރުންވަނީ އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ. އަދި އެބޭފުޅުންވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހަމަޖައްސަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: