ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީއެއް ނަމަވެސް ރައީސް ޔާމީންގެ ފޮޓޯ ބޭނުންކޮށްގެން ކެމްޕެއިން ކުރެވޭނެ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ ގައިދީއެއް ނަމަވެސް، އެމަނިކުފާނުގެ ފޮޓޯ ބޭނުންކޮށްގެން ކެމްޕެއިން ކުރުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންއަކީ ޖިނާއީ ކުށެއް ކުރެއްވިކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގައިދީއަކަށްވާއިރު، އެމަނިކުފާނުގެ ފޮޓޯ އިދިކޮޅުގެ ކެމްޕެއިންތަކުގައި ބޭނުންކުރާތީ ގިނަ ބަޔަކު އަންނަނީ އެއީ ގާނޫނީ ގޮތުން ހުއްދަކަމެއްތޯ ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅޭ ގޮތުން މިއަދު އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ސަންގުން” ސުވާލުކުރުމުން ހަބީބް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިން ބައެއް ޕޯސްޓަރތައް ފާސްކުރުމަށް އީސީއަށް ފޮނުވިކަމަށެވެ. ހަބީބް ވިދާޅުވީ އީސީ އިން ބަލަނީ، ކެނޑިޑޭޓާއި، ރަނިންމޭޓުގެ މައުލޫމާތުކަމަށެވެ. ދެން އިޝާރާތްކުރެއްވީ އެމްޑީޕީއިން ހަދާފައިވާ ކޯލިޝަނަށެވެ. ކޯލިޝަނަކީ ރާއްޖޭގެ ގާނޫނު ދަންނަ ކަމެއް ނޫންކަމަށާއި، އެހެން ނަމަވެސް އަމިއްލަ ބޭނުމަށް އެކަންކަން ކުރެވޭނެކަމަށް ހަބީބް ވިދާޅުވިއެވެ.

އެބޭފުޅުންނަށް އެންމެ ރަނގަޅަށް ވިއްކޭނެ އެއްޗެއް ވިއްކައިގެން، ވެރިކަމަށް ވަޑައިގަތުމަކީ އެއީ އެބޭފުޅުންގެ ހައްގެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެނީ. އެހެންވީމަ ރައީސް ޔާމީންގެ ފޮޓޯފުޅު ބޭނުން ކުރައްވައިގެން ޕީއެންސީގެ ކެންޑިޑޭޓު ޑރ މުއިއްޒު ކެމްޕެއިން ކުރެއްވުމަކުން ގާނޫނީ ގޮތަކުން އެއްވެސް ހުރަހެއް ނެތް.

ހަބީބް ވިދާޅުވިއެވެ.

ކޮންމެ ކެނޑިޑޭޓަކަށްވެސް މިނިވަން ކެމްޕެއިނެއް ކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނުން ދޭކަމަށް ފާހަގަކޮށް ހަބީބް ވިދާޅުވީ، އެކި ކެނޑިޑޭޓުން ވިއްކާނީ އެކި ސިޔާސަތުތަކަމަށެވެ. އެގޮތުން އެއް ބޭފުޅަކު ބޯހިޔާވަހިކަމުގެ ވާހަކަދައްކަވާއިރު، އަނެއް ބޭފުޅެއް ދައްކަވާނީ ހައްޖުގެ ވާހަކަމަށް ފާހަގަކޮށް ހަބީބް ވިދާޅުވީ އެހެން ބޭފުޅުން ދައްކަވާނީ މީހެއްގެ ފޮޓޯކަމަށެވެ.

ރައީސް ޔާމީންގެ ފޮޓޯ ބޭނުންކޮށްގެން ކެމްޕެއިންކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ނަމަވެސް، އީސީ ފާސްކޮށްދީފައިވާ އެފަދަ ޕޯސްޓާއެއް ނުހުންނާނެކަމަށް ހަބީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: