ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވަޔާއި ޖައްވީ ރީތިކަމުން މިހާތަނަށް އެއްވެސް ނަފާއެއް ހޯދިފައެއް ނެތް: ނާޒިމް

އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވަޔާއި ޖައްވީ ސަރަހައްދުގެ ރީތިކަން ބޭނުންކޮށްގެން މިހާތަނަށް އެއްވެސް ނަފާއެއް ހޯދާފައިނުވާކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ލ ގަމުގައި ކުރިއަށް ގެންދިޔަ އެމްއެންޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ރަށުގައި ވައިގެ ބަނދަރަށް ދުވާލަކު ހަތަރު ވަރަކަށް އުޅަނދު ޖެއްސުމުން ފުދިގެން ނުދާކަމަށެވެ. އޭނާ ވިދާޅުވީ، އެއަރޕޯޓު އޮންނަނީ ޖައްސާނެ އުޅަނދެއް ނެތުމުގެ ސަބަބުން ހުސްކޮށްކަމަަށެވެ. ނާޒިމް ވިދާޅުވީ، އެކަމަށް ހައްލު ގެނައުމުގެ ގޮތުން އެމްއެންޕީއިންވަނީ އެ ސަރަހައްދުގައި އެޑްވެންޗާ ހަރަކާތްތަކެއް ހިންގުމަށް ވިސްނާފައިކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީއިން ވިސްނާފައިވަނީ މީހުންނަށް މުނިފޫހި ފިލުވުމަށް އެ ސަރަހައްދުގެ ޖައްވު ބޭނުންކުރެވޭނެ ގޮތްތަކެއް ތައާރަފްކުރަންކަމަށެވެ. އެގޮތުން ސްކައިޑައިވް ކުރެވޭނެ އިންތިޒާމަކާއި އެއަރބެލޫންގެ ހިދުމަތް ފެށުމާއި ކުދި ވައިގެ އުޅަނދުތައް ދުއްވާ ފަރާތްތަކަށް ރާއްޖޭގައި އެކަންވެސް ކުރެވޭނެ މަގުފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދެންނެވި ކޮންމެ ކަމަކީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަން ކޮށް ތަޖުރިބާކުރެވި ނަފާވެސް ލިބޭ ކަންކަން ކަމަށެވެ. އެހެންކަމުން ލ އަތޮޅު ސަރަހައްދުގައި އެޑްވެންޗާ ޓުއަރިޒަމް ތައާރަފްކުރައްވާނެކަން ޔަގީންކުރެއްވުމަށް ނާޒިމް އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ، ކޮންމެވެސް ސިފައެއްގައި ޕައިލެޓުން ތަމްރީނު ކުރެވޭނެ އިންތިޒާމުތައް ރާއްޖޭގައި ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް މިހާތަނަށް ވަޑައިގެންނެވި އެއްވެސް ފަރާތަކަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތަކަށް އިސްކަން ދެވުނުކަމަށް ގަބޫލުނުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އައްޑޫގައި ފްލަޔިންގް ސުކޫލެއް ހެދިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަަމަވެސް ރާއްޖެއިން މިއަދުވެސް ޕައިލެޓު ޓްރެއިނިންގް ހަދަން ދާކަމަށްވާނަމަ ޒުވާނުން ފޮނުވަމުންދަނީ ފިލިޕީންސް ނުވަތަ ބާސެލޯނާ ފަދަ ތަނަކަށްކަމަށެވެ. ނާޒިމް ވިދާޅުވީ، އެގޮތުގެމަތިން ކަންކަން ކުރުމުން ރާއްޖޭގެ ފައިސާ ގެއްލިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ލ އަތޮޅު ސަރަހައްދުގައި ފްލަޔިންގް ސުކޫލެއްވެސް ގާއިމު ކުރައްވާނެކަންވެސް ފާހަގަކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: