ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިބައި ކުރަން މަސައްކަތް ކުރާކަަށް ފުރުޞަތެއް ނެތް: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިބައިކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް، ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ޕީޕީއެމް-ޕީއެންސީން ރޭ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި އެ ދެބޭފުޅުންގެ ނަން ނުގެނެސް، އަބްދުއްރަހީމް ވަނީ ނަޝީދާއި ވަހީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

“ޕީޕީއެމް-ޕީއެންސީ މަގުމަތިވެއްޖެއޭ ކިޔައިގެން ވާހަކަ ދައްކަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޕީޕިއެމް-ޕީއެންސީ ނޫނޭ މަގުމަތިވީ، ޕީޕީއެމް-ޕީއެންސީ ދޫކުރައްވާ ވަޑައިގެންނެވި ބޭފުޅުންނޭ މަގުމަތިވީ،” ވަހީދަށް ރައްދު ދެމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

“ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގައި ނުހުންނާނެ ވަކި ކަމެއް ހާސިލްނުވެގެންް، ވަކި މަގާމެއް ނުލިބިގެން، ޕާޓީ ދޫކުރައްވާފައި ދާނެ އެއްވެސް ލީޑަރަކު.”

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވުމުން އެ ޓިކެޓަށް އުންމީދު ކުރައްވަމުން ގެންދެވި ރައީސް ޑރ.ވަހީދު ވަނީ ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހު ވަކިވެވަޑައިގެން، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވާފަ އެެވެ. ވަހީދު ޕީޕީއެމްއިން ވަކިވެވަޑައިގަތީ ޕީޕީއެމްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކެންޑިޑޭޓެއް ނުނެރުމުން އޭނާއަށް އެ ފުރުސަތު ގެއްލުމުން ކުރިމަތިވި މާޔޫސް ކަމުގައެވެ.

ވަހީދު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު ވަނީ ޕީޕީއެމްގެ 40،000 މެންބަރުން މަގުމަތިވެފައިވާ ކަމަށް ސިފަކުރައްވާ ޕީޕީއެމް މެންބަރުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ނަޝީދު ވަނީ ޕީޕީއެމް މެންބަރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، އިލްޔާސް ލަބީބަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: