ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ އަތޮޅަށް ކޮއްދެއްވި ހުރިހާ ކަމެއްގައިވެސް ކޯލިޝަން ލީޑަރުންގެ ހިއްސާ އެބައޮތް: ރައީސް

ރައީސް ސޯލިހް ނ. ލަންދޫއަށް ވަޑައިގަތުން - ފޮޓޯ: އެމްޑީޕީ ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ އަތޮޅަށް ކޮށްދެއްވާފައިވާ ހުރިހާ ކަމެއްގައިވެސް ކޯލިޝަން ލީޑަރުން ޝާމިލުފެފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

” އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ދަތުރުގެ ތެރެއިން ނ ލަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ އަތޮޅުގެ މުސްގުބަލު ވަރަށް ފަހި ކަމަށެވެ. އަދި ނ އަތޮޅަށް ގިނަ ތަރައްގީތަކެއް ގެނެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުުން ލަންދޫ ފަދަ ރަށްތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ލަންދޫގެ އަސާސީ ހިދުމަތްތަށް ފުރިހަމަކޮށް ދެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ އަދި. ލަންދޫއަށް ވެފައިވާ ގިނަ ވައުދުތަށް ވަނީ ފުއްދިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިދައުރު ނިމިގެން ދާއިރު ރާއްޖޭގެ ޒުވާނުންނަށް ކުރިން ލިބިފައިނުވާ އެތަށް ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތައުލީމު ދާއިރާއަށް ބަލާލި ނަމަވެސް އެތަކެއް ހެޔޮ ބަަދަލު ތަކެއް ގެނެސްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ލޯނަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ލޯނަށް ކުރިން ނެގުމަށް ހަމަ ޖައްސާފައިވާ 5 ޕަސެންޓު ޗާޖު 1 ޕަސެންޓަށް ކުޑަކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕެންޝަން އޮފީހުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުން 20،000 ވުރެގިނަ ވަޒީފާ މި ދައުރުގެ ތެރޭގައި އުފެއްދިއްޖެކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކުދި އަދި ބޮޑެތި އާބާދީއެއްވެސް ބާކީއެއް ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: