ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ކެންޑިޑޭޓުނަށް ގައުމު ހިންގާނެ ގޮތް ސާފު ނޫންކަން އެބަ ފެނޭ: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ދައްކަމުންދާ ވާހަކަތަކުން އެ ބޭފުޅުނަށް ގައުމު ހިންގާނެ ގޮތް ސާފުވެފައިނުވާކަން ފާހަގަކުރެއްވޭކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންދަނީ ކެމްޕެއިން މަސައްކަތްތައް ބާރު ދުވެއްޔެގައިކުރަމުންނެވެ. ޝަރީފް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިދިކޮޅުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުވެސް ހިމެނޭހެން ބައެއް ކެންޑިޑޭޓުން ދައްކަވަމުންދާ ވާހަކަތަކުން އެ ބޭފުޅުނަށް ގައުމު ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެވިފައިނުވާކަން ހާމަވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ފުއްދާނެކަމަށް ބުނާ ވައުދުތައް ފުރިހަމަކުރުމަށް ބޭނުންވާ މާލީ މައުލޫމާތުތައްވެސް ނެތްކަން ފެނިގެންދާކަމަށެވެ.

އޭނާ ވިދާޅުވީ، ގައުމުގެ ކަންކަން އެންމެ ވިސްނުމެއް ގެންގުޅެމުންދާ ވަކި ވަކި އެހެންނަމަވެސް އެކުގައި މަސައްކަތްކުރަމުންދާ ބަޔަކު މީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ މިފަދަ ދަތި ދުވަސްވަރެއްގައި އިހުތިޔާރު ކުރެވެން އޮތް މަގެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ނެތް ބައެއްގެ މައްޗަށް ގައުމު ދޫކޮށްލެވެން ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، މުހިންމު އަދި ބާރުގަދަ ގައުމުތަކާއި ޑިމޮކްރެސީގެ އަސާސްތައް ގަބޫލުކުރާ އަދި އެއް ވިސްނުންތަކެއް ގެންގުޅޭ ގައުމުތަކާއިއެކު އެކަށީގެންވާ މިންވަރަކަށް ގުޅުން އޮންނަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް ފަދަ ޕާޓީއަކަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ “އެފޯޑް” ކުރެވެން އޮތް ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީއަކީ ރާއްޖެ އަދި އެހެނިހެން ގައުމުތަކުގެ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. ހާއްސަ ގޮތެއްގައި އިންޑިއާ އާއި އެމެރިކާ ދެމެދު އޮންނަ ގުޅުން ހީނަރުކުރުމަށް މަސައްކަތްކުރާކަމަށާއި އެހެންމަަވެސް ރާއްޖެއިން ޒަމާނުއްސުރެ މަސައްކަތްކުރަމުންދަނީ ކުރިމަގު ބިނާކުރުމަށްތަކައި ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ރޯލެއް އަދާކުރުމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: