ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ފަރާތެއްވިޔަސް، ކުށަށް ޒިންމާ ނެގުމަށްފަހު ރިހިބިލިޓޭޝަން ދިނުމަށް އެމްޑީޕީގެ ވައުދު!

އެމްޑީޕީގެ މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ފަރާތެއްވެސް، އެ ފަރާތެއް އެކުށަކަށް ޒިންމާ ނެގުމަށްފަހު އިންޑިވިޖުއަލައިޒްޑް ޓްރީޓްމަންޓް ޕްލޭނެއްގެދަށުން ފަރުވާދީ އިންޑިވިޖިއުލައިޒްޑް ރިހެބިލިޓޭޝަން ފޯރުކޮށްދޭނެކަމަށް އެމްޑީޕީއިން ވައުދުވެއްޖެއެވެ.

މިއީ އެމްޑީޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގެ “އާ ޒުވާން ޖީލު” ގެ ދަށުން އައިސްފައިވާ ސިޔާސަތެކެވެ. މީގެ ދަށުން 8 ސިޔާސަތެއް ހިމެނޭއިރު، އޭގެ ތެރޭގައި އެއްވެސް ޒުވާނަކު ބާކީ ނުކުރުންވެސް ހިމެނެއެވެ.

އެގޮތުން އެކަން ހާސިލްކުރުމަށް އެމްޑީޕީއިން ކުރިއަށް ރާވާފައި ހުރި ކަންކަމުގެ ތެރޭގައި ރިހިބިލިޓޭޝަން ފަރުވާ ދިނުން ހިމެނެއެވެ. އަދި ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި، އެމީހަކަށް ބޭނުންވާނެ ޕިއަރ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ޤާއިމުކޮށްދެއްވާނެކަމަށް ވައުދުވެފައިވާއިރު، އެމީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށް ހެދުންވެސް އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ހިނެމެނެއެވެ.

މީގެ އިތުރުން މެނިފެސްޓޯގެ، “އާ ޒުވާން ޖީލު” މި ބައިގައި ހިމެނެނީ:

  1. އެމްޕަވަރޑް ޒުވާނުން
  2. ޒުވާނުންގެ ބޯހިޔާވަހިކަން
  3. ޒުވާނުނަށް ހެލްތް އެންޑް ވެލްބީންގް
  4. ޒުވާނުންނާއި ޓެކްނޮލޮޖީ
  5. ސްކިލްޑް ޒުވާނުން
  6. ޒުވާން އެންޓަރޕްރިނިއަރ
  7. ޒުވާނުންގެ ބޭޏުންތެރި ހުސް ވަގުތު

 

މެނިފެސްޓޯގެ މި ބައިގައި އާ ޒުވާން ޖީލެއް ބިނާކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިއަދުގެ ލީޑަރުންނަކީ އަދި މާދަމާގެ މުސްތަގުބަލު ފަރުމާކުރާނެ ފަރާތްތަކަކީ ޒުވާނުންކަމަށެވެ.

ކޮންމެ ޒުވާނަކީވެސް އިސްލާމީ ރިވެތި އަހުލާގާއެކު މަތީ ތައުލީމާއި ތަމްރީނާއި ހުނަރު އިތުރުކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތަކަށްވާނެކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ. އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، ޒުވާނުންގެ އިލްމާއި ހުނަރާއި ފަންނުވެރިކަމުން އާމްދަނީ ހޯދޭނެ މަގުފަހިވެ، އުފެއްދުންތެރި ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމަށް ޒުވާނުންނަށް ބާރުއެޅޭނެކަމަށް ވައުދުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: