ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫ އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ގދ އަށް ކުއްރެވި ދަތުރުފުޅުގައި ހޯނޑެއްދޫ އަށް ވަޑައިގެންނެވިއެވެ. އެރަށުން ރައިސް އަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ނަމަވެސް ރައީސް އެރަށައް ވަޑައިގަތްތާ ހަފްތާއެއް ފަހުން އެރަށުގެ އެމްޑީޕީ ޖަގަހައަށް ވަނީ ކަޅުތެޔޮ ޖަހާފައެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް މީޑީއާ ތަކަށް މައުލޫމާތުދެއްވާ ވިދާޅުވީ އެ ޖަގަހަ އަކީ އަބަދުވެސް ހުޅުވާފައި ހުންނަ ތަނެއްކަމަށާއި ކޮންމެ ގަޑިއެއްގައިވެސް ޖަގަހައަށް ވަދެވޭނެކަމަށެވެ. އަދި އޭނާ ވިދާޅުވީ ޖަގަހައިގައި ހުރި ހުރިހާ ތަކެއްޗެއްވަނީ ބޭނުންނުކުރެވޭ ވަރަށް ކަޅުތެޔޮ ޖަހަފައިކަމަށެވެ. އޭގެ ތެރޭގައި ދިދަފަތިތަކާއި އަދި ގޮނޑިތައް ފާހަގަކުރެއްވިއެވެ.

ވާރިޝް ވިދާޅުވީ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށެވެ. ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިރުތުން އެ އަތޮޅުގެ މަޑަވެލީގައި ހުންނަ އެމްޑީޕީ ޖަގަހައިގައި ވެސް ވަނީ ރޯކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ ހުރިހާ ފަރާތްތަކަށް ވެސް ބަސްބުނެވޭނެ ކަމާއި ކެމްޕޭނު ކުރެވޭނެ ޖާގަ ދޭން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: