ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހަށް ލިބޭނީ 15 އިންސައްތަކަން ސާފުކޮށް އެބަ ފެނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށާއި އެމްޑީޕީއަށް ލިބިގެންދަނީ 15 އިންސައްތައާއި ގާތް ކުރާ އަދަދެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ އެމްޑީޕީއަށް އޮތް ތާއީދު ގެއްލިގޮސްފައިވާކަމަށް ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކަށަވަރުވެފައިވާ ހަގީގަތްތަކެއް ހުރިކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީ، ހުވަދޫގައި އެއްގެއިން އަނެއް ގެޔަށް ދަތުރުކުރައްވަމުންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ގޭގެއަށް ވަދެ މީހުންނާއި ވާހަކަދައްކަވަމުންދާކަމަށާއި އެހެންކަމުން އެ މަނިކުފާނު ދަންނަވާ ވާހަކަތައް ރައްޔިތުންނަށް ސާފުވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ހުވަދު އަތޮޅުންނާއި ރާއްޖޭގެ އެހެން އަތޮޅަކުން ނަމަވެސް ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީއަށް މިހާރު ލިބިގެންދާނީ 15 އިންސައްތައް ނުވަތަ 20 އިންސައްތައާއި ގާތް ކުރާ އަދަދެއްގެ ވޯޓުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، 20 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ލިބިގެން ނުދާނެކަމަކީ ސާފުކޮށް ފެންނަން އޮތް ހަގީގަތެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓުންގެ ފަރާތުން އިލްޔާސް ލަބީބު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ ހުންނެވި އިލްޔާސްއަކީ 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީއިން އާންމު ކުރި މެނިފެސްޓޯތައް އެކުލަވާލުމުގައި އުޅުއްވި ފަރާތެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވީ އިލްޔާސް އަދި ރަނިންގްމޭޓު ހުސައިން އަމްރުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުން މެދުވެރިކޮށް އިލްޔާސް އަދި އަމްރު ވެފައިވާ ވައުދުތައް ފުއްދުމުގައި އަމަލީގޮތުންވެސް ބައިވެރިވެފައިވާނެކަމަށެވެ.ރައީސް ނަޝީދު ވިދާޅުވީ، އިލްޔާސް އަދި އަމްރުއަށްވުރެ ރަނގަޅު ޝަހުސިއްޔަތެއް ދިވެހިރާއްޖެއިން މިއަދު ހޯދެން ނެތްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: