ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން މިނިވަންކުރުމުގައި އެހީ ދިނުމަށް ނަޝީދު އީޔޫގެ މެމްބަރުތަކެއްގެ ގާތުގައި އެދިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ރާއްޖެއަށް އައިސްފައިވާ އީޔޫގެ ވަފްދުގެ އަރިހުން އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ހަވާލުކުރެވިފައިވާ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމުމާއިއެކު، އެ ޕާޓީގެ ރިޔާސީ ކެމްޕެއިން ކުރިއަށް ގެންދަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ފަހަތަށް އަރައިގެންނެވެ.

ރައީސް ނަޝީދުވަނީ ޑިމޮކްރެޓްސްގެ ކެމްޕެއިންތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅުގެ ލީޑާރޝިޕުގައި ތިއްބެވި ބޭފުޅުން ބޭނުން ނުވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ. އަދި އެމަނިކުފާނު މިނިވަންކުރާނީ އެމަނިކުފާނު އުފައްދަވާފައިވާ ޑިމޮކްރެޓްސްއިންކަމަށްވެސް ވިދާޅުވެފައިވާއިރު، ކޯލިޝަން އެއްބަސްވުމެއް ގާއިމުކުރެއްވިއްޖެ ހާލަތެއްގައި މަގުތައް މަތީ އިހުތިޖާޖުތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެކަން އަދި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވާނެކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެެވެ.

މިއަދުގެ ވަގުތެއްގައި މަޖިލީހުން ޓިވިޓާރގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގަަ ބުނެފައިވާގޮތުން، އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް ވަޑައިގެންނެވި ބައިނަލްއަގުވާމީ އޮބްޒާވަރުންތަކެއްގެ އަރިހުގައި އެމަނިކުފާނުވަނީ އެ މަސައްކަތްތަކުގައި އެހީތެރިވުމަށް އެދިވަޑައިގެންފައިކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ރައީސްއަކު އައްޔަނުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވުކުރުމުގެ ގޮތުން މިއަދު އައިސްފައިވަނީ ޔޫރަޕިއަން ޔުނިއަންގެ ވަފުދެކެވެ. މީގެ ދުވަސްތަކެއް ކުރިން ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ނަޝީދުވަނީ ރައީސް ޔާމީން މިނިވަންކުރެއްވުމުގެ ގޮތުން ބޭރު ގައުމުތަކާއިވެސް މަޝްވަރާތައް ކުރައްވާނެކަމަށް ވިދާޅުވެފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: