ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެޕިއުޓީ މިނިސްޓަރ ހަމަދު ޖޭޕީ ދޫކޮށް، ސަރުކާރު ފަޅިއަށް

ޑެޕިއުޓީ މިނިސްޓަރ ހަމަދު ޖޭޕީ ދޫކޮށް، ސަރުކާރު ފަޅިއަށް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްގަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

ހަމަދު މީގެ ކުރިން ހުންނެވީ (ޖޭޕީ) އާއިއެކުއެވެ. އެމްޑީޕީއާއި ގުޅިވަޑައިގެން ކުރެއްވި ޓުވީޓެއްގައި ހަމަދު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ހޮވުމަކީ ގައުމަށް ފައިދާ ހުރި ގޮތްކަމަށެވެ. އަދި ރައީސް ސާލިހުގެ ސިޔާސަތުތަކަށް ހަމަދު ވަނީ ތައުރީފު ކުރައްވާފައެވެ.

ރައީސް ސާލިހާއި، އެމަނިކުފާނުގެ ރަނިން މޭޓު ހިތަދޫ އުތުރު ދާއިރާގެ މެންބަރަކީ އިންތިހާބު ކާމިޔާބު ކުރެވޭނެ ދެބޭފުޅުންކަމަށް ހަމަދު ވަނީ ވިދާޅުވެފައެވެ.

ޖޭޕީއިން އެމްޑިޕީއާއިއެކު ކޯލިޝަން ނަހަދަން ނިންމި ނިންމުމަށްފަހު، ޖޭޕީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން އަދި ސަރުކާރުގައި ޖޭޕީގެ ސްލޮޓުތަކުގައި ތިއްބެވި މެންބަރުންވެސް ވަނީ އެ ޕާޓީއާއި ވަކިވެވަޑައިގެންފައެވެ.

އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރ ކަން ހަވާލުކޮށްފައިވަނިކޮށް މުހައްމަދު އަހްމަދު (ހަނަފީ) ވެސް ވަނީ އެ ޕާޓީއިން ވަކިވެފައެވެ. އޭނާ ޕާޓީއިން ވަކިވީ އެޑްވައިޒަރކަމަށް އައްޔަނުކުރިތާ މާ ގިނަ އިރުތަކެއް ނުވެއެވެ. ހަނަފީގެ ފަރާތުން ފޮނުވި ސިޓީގައި ވަނީ މިއަދު ޛޭޕީގެ ވިސްނުން ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ނޫންކަމަށެވެ. އަދި ދާދިފަހުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވެސް ވަނީ ޖޭޕީއާއި ވަކިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: