ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ޕީޕީއެމްއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އިދިކޮޅު ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.

ލޮޓަސް ފިހާރައިގެ ވެރިއަކަށް ހުންނެވި އާއްޓޭ ޕީޕީއެމްއާއި ގުޅިވަޑައިގަތީ ދ. ކުޑަހުވަދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައެވެ. އާއްޓޭ ސޮއިކުރެއްވި ފޯމް ހަވާލު ކުރައްވާފައި ވަނީ މާލޭގެ މޭޔަރުކަން ވެސް ކުރައްވާ ޑރ.މުއިއްޒާއެވެ.

އާއްޓޭއަކީ އެމްޑީޕީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ކުރިން އެ ޕާޓީގެ މެމްބަރެކެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އާއްޓެ ވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަޅިއަށެވެ.

ޕީޕީއެމަށް ސޮއި ކުރައްވައި އާތިފް ޖަލްސާގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު އަހުޒަމް- ސަންގު

އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އާއްޓޭ ވިދާޅުވީ އެމްޑީޕީގެ ލޯގޯގައި ތިލަފަތެއް އިން ނަމަވެސް ހަމަހަމަކަމެއް ނެތް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގެނީ އިންސާފުވެރި ޝަރީއަތްތަކެއް ކަން ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު ވަރަށް ހިތާމަ ވެސް ކޮށްފިން އެގޮތަށް އެކަން ދިމާވީމަ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބު އެއީ އަޅުގަނޑު ޕީޕީއެމާ ގުޅުނީ،” އާއްޓޭ ވިދާޅުވިއެވެ.

އާއްޓޭ ވިދާޅުވީ މިހާރު އޮތް ބޭއިންސާފު ސަރުކާރު ނިމުމަކަށް ގެނައުމަށް ބޭނުންވާ ކަމަށެވެ.

އެމްޑީޕީ ރޫޅާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވިޔަސް ނަޝީދަށް އެމްޑީޕީ ރޫޅައެއް ނުލެވޭނެ ކަމަށް ވެސް އާއްޓޭ ވިދާޅުވިއެވެ. އެމްޑީޕީ ރޫޅާލުމަށް ވުރެ ބޮޑަށް ދިމާކޮށްލެއްވި ތަން ފެނުނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒްއާއި ކަމަށް ވެސް އާއްޓޭ ވިދާޅުވިއެވެ.

އާއްޓޭ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޑރ.މުއިއްޒު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: