ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ”ސްލޯ“ ސިޔާސަތުތައް މުޅި ދައުލަތަށް ވެރިވެގަނެއްޖެ: ސައީދު

މާވަށު ދާއިރާގެ މެމްބަރު ސައީދު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ”ސްލޯ“ ސިޔާސަތުތައް މުޅި ދައުލަތުގެ މައްޗަށް ވެރިވެގަނެފައިވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައީދުވަނީ އިސްލާމީ މަރުކަޒުގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. ސައީދު ޝާއިއުކުރެއްވި ފޮޓޯއިން ފެނިގެންދަނީ މަރުކަޒުގެ ފާރުގައި ހަރުކޮށްފައިވާ ގަޑި އަދި ސްޕީކަރުގެ އިތުރުން ފަންކާ ފަދަ އާލާތްތަކާއި ކަބަޑެވެ. އެ މަންޒަރަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، އިސްލާމީ މަރުކަޒުގައި ހަރުކުރެވިފައިވާ ފޯޓޯއިން ފެނިގެންދާ ގަޑި 5:09 ގައި ހުއްޓިފައިވާތާ ދެމަސްދުވަސްވެފައިވާކަމަށޭވެ. އޭނާ ވިދާޅުވީ، ގަޑިއާއި އެއްފަދައިން ފޮޓޯއިން ފެނިގެންދާ ސްޕީކަރުވެސް ނެއްޓިގެންގޮސް އެލިފައި އޮންނަތާ ދެމަސްދުވަސްވެފައިވާކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ސާލިހަށް ދައުލަތުގެ އެންމެހާ ކަންކަން އެނގިވަޑައިނުގަންނަވާނެކަމަށް ބުނާ ވާހަކަ ގަބޫލުކުރެއްވިދާނެކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ގެންގުޅެމުންދަނީ ”ސްލޯ“ ”ކަންފަސޭހަ“ ”ގޮތެއްފޮތެއްނެތް“ ސިޔާސަތުތަކެއްކަމަށާއި އެ ސިޔާސަތުތައް މިއަދު މުޅި ދައުލަތަށާް ވެރިވެގަނެފައިވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، ކޮންމެ ދިމާލަކަށް ބެލި ނަމަވެސް ފެނިގެންދަނީ އޭނާ ސޯޝަލްމީޑިއާގައި ޝާއިއުކުރެއްވި ފަދަ މަންޒަރުތަކެއްކަމަށެވެ. އެގޮތުން 500 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގަމުންދާ ބުރިޖު މަޝްރޫއުގެ ތަނބުތަކުގެ މަސައްކަތްތަކުން ފެށިގެން ހުއްޓިގެންދާ ގަޑިއެއްގެ ބެޓަރި ބަދަލުކުރުމުގެ މަސައްކަތްތައްވެސް ސަރުކާރަށް ނުބެލެހެއްޓޭކަމަށް ސައީދު ސިފަކުރެއްވިއެވެ. އޭނާވަނީ ރައީސް ސާލިހު ދެވަނަ ދައުރެއް ކާމިޔާބުކުރެއްވުމަށް މަސައްކަތްކުރައްވަމުންދަނީ އިސްވެ ދެންނެވި ގޮތުގެ މަތިންކަންކަން ތަކުރާރުކުރައްވަންތޯ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: