ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދެލީގައި މަސް ކާރުހާނާއެއް އަޅާދޭނަން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، މަސްވެރިންނަށް ލޯން ލިބޭ ގޮތް ފަހިކޮށް ދ. މާދެލީގައި މަސް ކާރުހާނާއެއް އަޅަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕެއިނަށް ފ. އަތޮޅަށް ކުރައްވާ ދަތުރުގައި ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ ބައެއް ކަންކަން އިއުލާން ކުރައްވައިފައެވެ. މުއިއްޒު އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މަސްވެރި އުޅަނދުތައް ބަނުމަށް ގެންނަ މެޓީރިއަލް އިން ޑިއުޓީ ނަގާ މައްސަލައެވެ. އަދި ވެރިކަމަށް ވަޑައިގެންފި ނަމަ، މަސްވެރިކަމަށް އުޅަނދު ބަނުމަށް ގެންނަ މެޓީރިއަލް އިން ޑިއުޓީ ކަނޑާލާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަކީ ބޭންކުތަކަށް ގޮސްފި ނަމަ، ލޯން ލިބޭ ބައެއް ނޫން ކަމަށެވެ. އެހެން އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލޯން ލިބޭ އިރު، މަސްވެރިންނަށް ލޯން ނުލިބެނީ އެއީ މުވައްޒަފުން ގޮތުގައި ބޭންކުތަކުން ބަލައިނުގަންނާތީ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މެދުރާއްޖެ ތެރެއަށް މަސް ބަންދު ކުރާ ކާރުހާނާއެއް މުހިންމެވެ. އެހެންވެ. ދ. އަތޮޅުގެ މާދެލިއަކީ މަސް ކިރުވައި އަދި މަސް ބަންދު ކުރާ ކާރުހާނާއަކަށް ބަދަލުކޮށްލާނެ ކަމަށް ވިދާޅުވިއެވެ.

ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމުކޮށ،ް އެ ސޮސައިޓީއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދައި އެ ސޮސައިޓީގެ ފަރާތުން މިފްކޯގެ ބޯޑްގައި މެމްބަރަކު ހުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯގެ ހިންގޭނެއެވެ. މަސްވެރިކަމުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ކުރިއަށް އޮތް ތަނުގައި އިއުލާން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: