ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް މުއިއްޒުގެ ވައުދު؛ 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުން

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާކޮށް، ފަސް އަހަރުގެ ތެރޭހައި 1000 ނިކަމެތިން ހައްޖަށް ފޮނުވައިދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ވަޑައިގެން މިރޭ މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް އެތައް ދިވެހި ރައްޔިތުން އެބަތިބި ކަމަށެވެ. އެހެންކަމުން ސަރުކާރުން ހަމަޖައްސާ އުސޫލެއްގެ ތެރެއިން އެފަދަ ރައްޔިތުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދިނުން މުހިންމުކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

އެހެންވެ މުއިއްޒު ވައުދުވެވަޑައިގަތީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވިއްޖެ ނަމަ އުސޫލެއްގެ ދަށުން ރަައްޔިތުންނަށް ފުރުސަތު ހޯދައިދޭންށެވެ. ތަފްސީލު ދެއްވައި މުއިއްޒު ވިދާޅުވީ، އަމިއްލައަށް އެފޯޑު ނުކުރެވޭ ވަރުގެ މީހުން ސަރުކާރުގެ އެހީގައި ބަހާލައިގެން ފަސް އަހަރުގެ ތެރޭގައި 1000 މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހިދުމަތް ގޯސްކަން ފާހަގަކޮށް މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެ ކޯޕަރޭޝަން ހިންގަނީ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުގެ އުސޫލުތަކެއްގެ ދަށުން ވެސް ހައްޖަށް ރައްޔިތުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސާއިރު އެއީ ވަރަށް ބޮޑު އަގުތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ
ކޯޕަރޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް ގިނަކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭގެ ތެރޭގައި މާލީ ގޮތުން ގާބިލު ވަރުގަދަ ކުންފުންޏަކަށް ހެދުން ހިމެނޭ ކަމަށެވެ.
ހައްޖު ކޯޕަރޭޝަން ހިނގަނީ ރަނގަޅަކަށް ނޫން. އެ ކޯޕަރޭޝަނުން ހައްޖަށް މީހުން މި ގެންދަނީ ވަރަށް އަގު ބޮޑުކޮށް… އެ ކުންފުނި ފައިނޭންޝިއަލީ ވަރުގަދަ ކުންފުންޏަކަށް ހަދަން އެބަ ޖެހޭ. އޭރުން އަގުތައް އަގުތައް ކުޑަވެގެން ދާނެ..

މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރެއްވުމަށް ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެ ފަންޑުން އެކި ކަންކަމަށް އިންވެސްޓުކޮށް ކޯޕަރޭޝަނަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމު ކުރައްވާނެ ކަމަށެވެ.

އެއާއި އެކު މާލީ ގޮތުން ބައެއް ދަތިތައް ދިމާވާ މީހުންނަށް ހައްޖުގެ އަޅުކަމަށް ހޭދަ ކުރަން ޖެހޭ ފައިސާ އިންސްޓޯލްމަންޓު އުސޫލުން ދެއްކޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހައްޖު ފަންޑު އިންވެސްޓުކޮށް ފައިސާ ހޯދައި އެއީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށެވެެ. އަދި ހައްޖަށް ގެންދިއުމުގެ އަގުތައް ވެސް ކުޑަ ކުރެވެން އޮތް އެއް މަގަކީ އެއީކަމަށް ވިދާޅުވި އެވެ.

ހައްޖު ފަންޑު އިންވެސްޓުކޮށް ނަފާ ހޯދައިގެން އެއީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން އެބަޖެހޭ،،، ހައްޖަށް ގެންދިއުމުގެ އަގުތައް ވެސް ކުޑަކުރެވޭނީ އޭރުން

ޒަކާތު ފަންޑަކީ ވެސް އާޏްމުންނަށް އޭގެ ފައިދާ ކުރާ އެއްޗަކަށް ބަދަލު ކުރުމުގެ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރު ލިބިގެންވާ އޮފީހެއް ހެއްދުވުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އެ ފަންޑުން އެކި ދާއިރާތަކަށް އިންވެސްޓުކޮށް ފައިދާ އިތުރުވެ ޒަކާތު ފަންޑަށް ލިބޭ ފައިސާ ވެސް އިތުރު ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: