ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ފަހަތަށް އަރަންވީ ރައްޔިތުން ގުނބޯ ހެއްދި މީހުން ހަމަބިމަށް ތިރިކުރަން: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ފަހަތަށް އަރަންވީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިޔާސީ ވިސްނުމުގެ ޒުވާނުންނާއި ހަރު އުމުރު ފުރައިގެ ރައްޔިތުންވެސް “ގުނބޯ ހެއްދި” ލީޑަރުން ހަމަ ބިމަށް ތިރިކުރަންކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަށް ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމުގެ ގޮތުންނާއި އެ ޕާޓީގެ ސިޔާސަތުތައް ހިއްސާކުރުމުގެ ގޮތުން ހދ އަތޮޅު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކުރިން މަސައްކަތްކުރެވިގެންދިޔައީ ދިވެހިރާއްޖޭގައި ކުރެވެމުންދިޔަ ދިގު 30 އަހަރުވީ ވެރިކަމެއް ބަދަލުކުރަންކަމަށެވެ. އޭނާ ވިދާޅުވީ، އެ ވެރިކަން ބަދަލުވެގެންދިޔައީ ކުޅުދުއްފުށި ފަދަ ރަށްތަކުން ގިނަ އަދަދެއްގެ ވޯޓު ލިބިގެންކަމަށާއި އެކަންކަން މަގުފަހިކުރުމަށް ޖާނާއި މާލުން އެންމެ ބޮޑު ހޭދައެއް ކުރެއްވި ލީޑަރަކީ ގާސިމްކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ގާސިމްވަނީ 250 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދިވެހިރާއްޖޭގެ އިސްލާހީ މަސައްކަތްތަކަށް އެކި ގޮތް ގޮތުން ހޭދަކުރައްވާފައިކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ރައްޔިތުންނަށް ނުދެވި އޮތް ފުރުސަތެއް އޮތްކަމަށާއި އެއީ ރާއްޖޭގެ ހުންގާނުގައި ހިފައިގެން ހަމަ މަގަށް އެޅުވުމުގެ ފުރުސަތު ގާސިމްއަށް ދިނުންކަމަށްވެސް ވިދާޅުވިއެވެ. އޭނާވަނީ މިހާތަނަށް އެ ފުރުސަތު ދެވިފައިނުވާކަން ތަކުރާރުކުރައްވާފައެވެ.

އަލީ ވަހީދު ވިދާޅުވީ، އެހެން ޕާޓީތަކުން ވެރިކަންކޮށްފިކަމަށެވެ. އޭނާ ވިދާޅުވީ، ތަނެއްގެ ވެރިމީހާއަކީ އެތަނެއްގެ ފައިނަލް ކޮމާންޑަރުކަމަށާއި ކަންކަން ނިންމާނީ އެމީހެއްކަމަށް ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ ވަޒީރުކަމުގައި ހުންނެވިއިރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ނާގޯށި ހުއްޓިފައިވާ ވާހަކަ ރަށުގެ ރަށްޔިތުން ހިއްސާކުރިކަމަށެވެ. އޭނާ ވިދާޅުވީ، އެ ރަށުގެ ކަންކަން ހުއްޓިފައިވަނީ އިންވެސްޓަރުންގެ ދަތިކަން ހުރުމުންކަމަށް އެމްޓީޑީސީއިން ބުނާކަމަށެވެ. އެހެންނަމަވެސް އޭނާވާނީ ބަންޑާރަނައިބުގެ ލަފާ އާއި ރައީސް އޮފީހުގެ ހުއްދަ ހޯދައިގެން އެ މަސައްކަތްތަކަށް މަގުފަހިކޮށްފައިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވަނީ އެ ރަށުގެ މަސައްކަތްތައް ނިމިފައިނުވާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ. އަލީ ވަހީދު ވިދާޅުވީ، އެ ކަން ނިމިފައިނުވާނަމަވެސް ކެމްޕެއިންގެ ތެރެއިން މެނިފެސްޓޯގައި ގިނަ ކަންކަން ހިމެނިފައިވާ ވާހަކަތައް ދައްކަމުންދާކަމަށާއި އެހެންނަމަވެސް “އެ ޕާޓީތަކުން މެނިފެސްޓޯ ހަދާތާ” 15 އަހަރު ވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: