ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ވައުދުވަނީ ރައީސް ސާލިހު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެކަނި: މާރިޔާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ ދީދީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުތައް ވަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގަމުންދާ މަޝްރޫއުއަކާއި ގުޅުވައިކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ އިދިކޮޅުގެ ކެންޑިޑޭޓު މޭޔަރ މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކަކީ ރައީސް ސާލިހުގެ ސަރުކާރުން ހިންގަމުންދާ މަޝްރޫއުއަކާއި ގުޅުވައިގެން ވެވަޑައިގަންނަވަމުންދާ ވައުދުތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، ހަމަ އެކަނި އެމްޑީޕީއިން ކުރަން ބުނާ ކަންކަން ނޫންކަމަށާއި މުއިއްޒު ވިދާޅުވަމުންދަނީ ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް އޭނާގެ ސަރުކާރެއްގައި ނިންމަވާ ވާހަކަތައް ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ، އެގޮތަށް ކަން ދިމާވަމުންދަނީ އެމްޑީޕީގެ މި ސަރުކާރުން ރައްޔިތުން އެދޭ އެންމެހާ ކަންކަން ކުރަމުންދިއުމުންކަމަށްވުމީ އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންކަމުން އިތުރަށް ވެވަޑައިގެންނެވޭނެ ވައުދެއް ނެތުމުން އެމްޑީޕީގެ ވައުދުތައް ތަކުރާރުކުރައްވަމުންދަނީކަމަށްވުމީވެސް އެކަށީގެންވާކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންގެ އަޑު އަހައި ބޭނުންވާ ކަންކަން ދެނެގަނެ އެކަން ކޮށްދިނުމަށް މެނިފެސްޓޯއެއް އެކުލަވާލައި ތަރުތީބުވެގެން މަސައްކަތްތައް ކުރަމުންދާ ޕާޓީއެއްކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ކަންކަން ހުރި ގޮތް ރައްޔިތުންނަށް ސާފުވާނެކަމަށްވެސް މާރިޔާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މުއިއްޒު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ހުންނެވީ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން އިއުލާނުކުރުމަށް ދެ ދުވަހަކަށް ވެފައިވަނިކޮށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސްކަން ދޫކުރެއްވުމަށްފަހު ޕީއެންސީއަށް ސޮއިކުރައްވައި އެ ޕާޓީގެ ކެންޑިޑަސީ ހޯއްދަވައިގެންކަމަށެވެ. މާރިޔާ ވިދާޅުވީ، މުއިއްޒުއަށް ކެންޑިޑެސީ ލިބިގެންދިޔަ ގޮތުންވެސް މެނިފެސްޓޯއެއް އެކުލަވާލެވިފައިނުވާނެކަމާއި ތަސައްވަރެއްވެސް ނެތްކަން ފެނިގެންދާކަމަށެވެ.

މާރިޔާ ވިދާޅުވީ، މުއިއްޒު މާލޭގެ މޭޔަރުގެ ގޮތުގައި ހުންނަވައިގެން ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ދަތުރުކުރެއްވިކަމަށް ގަބޫލުނުކުރެއްވޭކަމަށެވެ. އެހެންނަމަވެސް މާލޭގައި އިންނަވައިގެން ސެނެޓު ގަނެލައިގެން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެން ރަށްތަކަށް ވަޑައިގެން ވިދާޅުވަމުންދަނީ އެރަށެއްގައި ތިބި އެކްޓިވިސްޓުން މުއިއްޒުގެ ކަންފަތް ދޮށުގައި ބުނާ ވާހަކަތައްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: