ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ޕާޓީއާއި ގުޅުންކަން 11 މެމްބަރަކު މަޖިލީހަށް ނާންގާ

ޝެއާރކޮށްލާ ކަހަލަދޯ؟

ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ފެށިފައިވާއިރު ޕާޓީ ބަދަލުވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުނު 14 މެމްބަރުންގެ ތެރެއިން ތިން މެމްބަރަކުކަމަށާއި ޕާޓީ ބަދަލްވިކަން މަޖިލީހަށް ނާންގާ 11 މެމްބަރަކު އެބަ ތިއްބެވިކަމަށް މަޖިލީހުގެ ރިޔާސަތުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވަކިޕާޓީއަކަށް ނިސްބަތްނުވާ ތިން މެމްބަރަކު ޑިމޮކްރެޓްސްއާއި ގުޅުނުކަން އަންގާފައިވާކަމަށެވެ. އެ މެމްބަރުންނަކީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.

“އެ މެމްބަރުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެ ޕާޓީގެ ނަމުގައި މަޖިލީހުގައި ތަމްސީލު ކުރެއްވުމަށް ވަނީ އެދިވަޑައިގެންފަ. އަދި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ވަނީ މަޖިލީހަށް ލިބިފަ،” ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ނަޝީދަކީ ވެސް ޑިމޮކްރެޓްސްގެ މެމްބަރެކެވެ. ނަމަވެސް ޕާޓީއާ ގުޅިވަޑައިގެންނެވިކަން އެމަނިކުފާ ވެސް އޮތީ އިދާރާއަށް ނާންނަގަވައެވެ. ނަމަވެސް، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެމްބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ ދަފްތަރަށް ބަދަލުގެނެވޭނީ އެ މެމްބަރަކު އަދި އިލެކްޝަންސް ކޮމިޝަނުން އެކަން އަންގާ ލިޔުންތައް ހުށަހެޅުމުންނެވެ.

ޑިމޮކްރެޓްސްއާއި ގުޅި މަޖިލީހަށް ނާންގާ މެމްބަރުން

  • މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
  • މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ސިޔާން
  • ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

މި ހުރިހާ މެންބަރުންނަކީވެސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ދޫކުރުމަށްފަހު ޑިމޮކްރެޓްސް ޕާޓީ އުފައްދާ އެ ޕާޓީއާއި ގުޅުނު މެމްބަރުންނެވެ. މީގެއިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފުވެސް އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓުންނާ ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ޔާސިރު ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

މިއަދުގެ މަޖިލީހުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ދަފުތަރުގައި ޑިމޮކްރެޓުންނާއި ގުޅުމަށް ބޭނުންވާ އިތުރު ެމެމްބަރުންގެ ސިޓީ ލިބެންދެން އެ ޕާޓީގައި މިހިނދު ތިބިކަމަށް މަޖިލީހުގެ އިދާރާއިން ބަލަނީ ތިން މެމްބަރުން ކަމަށެވެ.

އެއާއި އެކު މަޖިލީހުގެ ތަޅުން ހޫނުވެ އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ތިން މެމްބަރެއްގެ ނަން އިއްވުމަށްފަހު ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާ ބްރޭކް އަށް މެދުކަނޑާލައްވާފައެވެ.

ޑިމޮކްރެޓްސް އަކީ، މިދިޔަ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން ސަރުކާރާ ދެކޮޅަށް ޕާޓީ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ފިޔަވަޅު އަޅަން ފެށުމުން އުފެއްދި ޕާޓީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: