ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރުހުނަސް ރައީސް ޔާމީންއަކީ އަނިޔާވެރިއެއް، ރައީސް ސާލިހުގެ އަމިއްލަ އެދުން ބޮޑު: ގާސިމް

ގަސިމް ށ އަތޮޅަށް ކުރައްވަމުންދާ ކެމްޕެއިންގެ ތެރެއިން. ފޮޓޯ: އިސްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔަކު ނުރުހުނު ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ އަނިޔާވެރިއެއްކަމަށާއި، އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ އަމިއްލަ އެދުން ބޮޑު ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ށ ފޭދޫއަށް ވަޑަައިގެން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލުގައިކަމަށާއި، ވެރިންގެ އިހުލާސްތެރިކަމެއް ނެތްކަމަށެވެ. އެންމެ ގައުމަކުން އެކަނި ސަރުކާރުން 3 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފައިވާކަމަށާއި، މީގެން ބޮޑު ބައެއް ދައްކަންޖެހޭ މުއްދަތު ކައިރިވަމުން އަންނަކަމަށް ފާހަގަކޮށް ގާސިމް ސުވާލުއުފެއްދެވީ މި ދަރަނި އަދާ ކުރާނެ ގޮތަކާއިމެދުގައެވެ. ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ޝަރީއަތަށް ގެންދިއުމުން ގައުމުގެ ބައެއްވެސް ދޭން ޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރުން އެތައް ލޯނެއް ނަގާފައިވާއިރު، ރައްޔިތުންނަށް ފައިދާހުރި އިގްތިސާދީ މަސައްކަތަކަށް މި ފައިސާއިން ހަރަދު ނުކުރާކަމަށެވެ. އެ ފައިސާ އެހެން ކަންކަމަށް ހަރަދުކުރިއިރު، ކޯލިޝަން ޕާޓުނަރުންނާއިއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކިއެކި ކަންކަމަށް ދަރަންޏަށް ނެގި ފައިސާތައް، އެހެން ކަންކަމަށް ހަރަދުކުރާއިރު، ކޯލިޝަން ޕާޓުނަރުްގެ ފަރާތުން ހޭވެސް އަހާނުލާކަމަށް ފާހަގަކޮށް ގާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގާސިމް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަމުން އަންނައިރު، ގައުމުގެ ހާލަތު ރަނގަޅުނުވާކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމަށް ވަކި ގައުމަކުން ހިފާލާފަ ހުރިވަރު ފެންނަމުންދާކަމަށެވެ. ރައީސް ސާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއްދީފިނަމަ، ގައުމު އަޅުވެތިވާނެކަމަށް ވިދާޅުވެ، އޭނަ ވެރިކަމަށް ކުރިމަތިލީ ސަބަބުކަމުގައި ގާސިމް ވިދާޅުވީ، މި ސަރުކާރު ގެނައުމަށް މަސައްކަތްކޮށް ސަރުކާރުން ގޯސް ހަދަމުންދާއިރު، އެ ވާހަކަ ނުދައްކާ ހުރެފިނަމަ ފާފަވެރިވެދާނެތީކަމަށެވެ.

ގާސިމް ވަނީ މި ސަރުކާރުން ގާނޫނާއި ހިލާފުވަމުންދާކަމަށް ތަކުރާރުކޮށް ފާހަގަކުރައްވާ، މިކަންކަން ނޭނގޭކަމަށް ހަދައިގެން މަޖިލީހުގެ މެންބަރުން ތިއްބެވުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމަކީ ވަރަށް ބޮޑު ގޯހެއްކަމަށާއި، އެކަން އެހެން ނުކުރެއްވުމަށް އެދިވަދައިގެންނެވިއެވެ. ޕީޕީއެމްއަށް މެޖޯރިޓީ ދިނުމަކީ، އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށްވުރެ ބޮޑު ގޯހެއްކަމަށް ގާސިމް ވިދާޅުވިއެވެ. މިއީ އެމްޑީޕީއިން ނުރުހުނު ނަމަވެސް ހަގީގަތްކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. ރައީސް ޔާމީންއަކީ އަނިޔާވެރިއެއްކަަމަށާއި އެއީ ނުރުހުނަސް ބަދަލުނުވާނެ ހަގީގަތްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއިން ސަލާމަތްވުމަށް، ރައީސް ޔާމީން ގެންދަވަނީ އޮޅުވާލަމުންކަމަށެވެ. ގާސިމް ވިާޅުވީ ދައުވާއިން ސަލާމަތްވުމަށް ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާފާނެކަމަށެވެ. އަދި ރައީސް ޔާމީންގެ އަރިހުން ގާސިމް އެދިވަޑައިގަތީ ދެކޮޅު ޖެހޭ ވާހަކަ ދެއްކުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: