ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަރާއިން ބުނަނީ ގާސިމް އިންތިހާބު ކާމިޔާބު ކުރާނީ އެއްބުުރުންކަމަށް!

ގާސިމް ށ ނޫމަރާާއަށް ކުރެއްވި ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ކެމްޕެއިންއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ށ ނޫމަރާގެ ރައްޔިތުން ގާސިމް އެއްބުރުން ހުވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މި މަހުގެ 18 ގައި ގާސިމްގެ ކެމްޕެއިންތައް އަތޮޅު ތެރެއަށް ފަށާފައިވާއިރު، ހދ އަތޮޅާއި، ށ އަތޮޅަށް ގާސިމް ގެންދަވަނީ ދަތުރު ކުރައްވަމުންނެވެ. މިއަދު ށ ފޭދޫއަށް ވަޑައިގަތުމަށްފަހު، ށ ނޫމަރާއަށް ގާސިމް ވަޑައިގަތުމުން އެ ރަށޫގެ ރައޔްިތުން ވަނީ ހޫނު މަރުހަބާއެއް ދަނަންވާފައެވެ.

އެއަށްފަހު ބަނދަރު މައްޗަށް އެއްވެފައިވާ ރައްޔިތުންނާއި ގާސިމް ސަލާން ކުރައްވަމުން ދިޔައިރު، ރައްޔިތުން ދިޔައީ ގާސިމް މި އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުންކަމަށް ފާހަގަކޮށް އަޑުގަދ ކުރަމުންނެވެ. ގާސިމްއާއި އޭޏާގެ އަރިހުގައި ވަޑއިގަންނަވާ ވަފުދުގެ ބޭފުޅުން ވަނީ ނޫމަރާގެ ރައްޔިތުން ބޭނުންވާ ކަންކަން އަހާފައެވެ.

އަރާ ފޭބުމުގެ ދަތިކަން އެބަހުރިކަމަށް ރައްޔިތުން ފާހަގަކުރިއެވެ. އަދި ރަށުގެ ރައްޔިތުން ބުނަމުންދިޔައީ ވެރިކަން ހަވާލުކުރަންޖެހޭނީ ކަންކަން ކުރަން ދަންނަ މީހުންނާއިކަމަށެވެ.

ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ގާސިމްގެ ކެމްޕެއިން އެޖެންޓް އަލީ ވަހީދު ދެއްވީ ނޫމަރާ ކުޑަ ރަށަކަށްވުމުން ބާކީނުކުރާނެކަމުގެ ޔަގީންކަމެވެ. ގައުމު ފާއިތުވީ 15 އަހަރުގެ ތެރޭގައި ތަރައްގީ ނުވެ އޮތީ، ކަންކަމުގެ އާޖު ފާޖު ނުދަންނަ މީހުންނާއި ވެރިކަން ހަވާލުކުރުމުންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ރައްޔިތުންގެ އަރިހުން އެދިވަޑައިގެންވީ ދެ ގޯހުން ކުރެ، ކުރެ ކުޑަ ގޯސް ހެއްދެވުމުގެ ފުރުސަތު  ގާސިމް އަށް ނުދެއްވުމަށެވެ. އެހެންކަމުން އިންތިހާބުގެ ފުރަތަމަ ބުރު، އެއީ އިންތިހާބުގެ ދެވަނަ ބުރުކަމުގައި ދެކިގެން ވޯޓުދެއްވުމަށް އަލީ ވަހީދު އެދިވަޑައިގެންވިއެވެ. ކޮންމެ ސަރުކާރަކަށްވެސް ގާސިމް ފެންނަނީ ވެރިކަމަށް އަންނަންޖެހުމުންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ދެން އޮތް ބޮޑު ދެ ޕާޓީއަށް ވެރިކަން ދީފިނަމަ، ނޫމަރާގެ ބަނދަރަށް ހައްލު ނުލިބޭނެކަމަށެވެ. ސަރުކާރުތަކުން ކަންކަން ކުރަމުން އަންނަނީ ދިރާސާތައް ނަހައްދަވާކަމަށް ސިފަކުރައްވާ އަލީ ވަހީދު ވާހަކަދައްކަވާފައިވާއިރު، ނޫމަރާގެ ބަނދަރު ދެ ފަހަރު ތަރައްގީ ކުރި ނަމަވެސް، ބަނދަރަށް ހައްލު ނުލިބޭކަމުގެ ޝަކުވާ ރައްޔިތުންގެ އަދިވެސް އެބައޮތެވެ.

އަލީ ވަހީދު ވިދާޅުވީ ގައުމު ތަރައްގީ ވާނީ ގާސިމްއަށް ވޯޓު ދީ ވެރިކަން ހަވާލުކޮށްގެންކަމަށެވެ.

އެއަށްފަހު ގާސިމް ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވާފައިވާއިރު، ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ވާދަކުރައްވަނީ، އަމިއްލަ އެދުމެއް އޮވެގެން ނޫންކަމަށާއި، ރައްޔިތުންނަށް ހެޔޮއެދޭތީ ގައުމު އޮތް ނުރައްކާތެރި ހާލަތުން ސަލާމަަތްކުރުމަށްކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ގަބޫލުތޯ ގާނޫނު އަސާސީއާއި، އިސްލާމް ދީނާއި ހިލާފަށް ވެރިކަން ކުރަން. ގަބޫލުތޯ؟

ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް އޭނާ އެހީވަނީ ވޯލްޑް ބޭންކްއިން މަޖުބޫރުކޮށްގެންކަމަށް ބޮޑު ދެ ޕާޓީއިން ބުނިކަމަށާއި، ނަމަވެސް އެއީ ދޮގުކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: