ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި ކިރިޔާ ގާތްކުރާ ޕާޓީއަކަށް އޮތީ ޕީއެންްސީ: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސި އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެމްޑީޕީއާއި ގާތްކުރާ ޕާޓީއަކަށް އޮތީ ޕީއެންްސީ ކަމަށް ރައީސުއްޖުމަހޫރިއްޔާ އިބްރާހިމް މުހައްމދު ސާލިހް ވިދާޅުވެއްޖެއެވެ.

ބ. ގޮއިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ޕީއެންސީގައި ވެސް އުޅުއްވާ ބޭފުޅުންނަކީ އެއްމޫނުތަކެއް ކަމުގައެވެ. އެޕާޓިއިން ގިނަ ސިޔާސަތު ތަކަކާއި ގިނަ ވައުދުތަކެއް ވިނަމަވެސް އެކަން ގަބޫލުފުޅު ކުރެވެން ނެތްކަމަށް ރައިސް ވިދާޅުވިއެވެ.

ގުޅީފަޅަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ބޭރުގެ ބަޔަކާއި އެކު ކޮންޓްރެކްޓް ކުރި މަޝްރޫއުއެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ހައުސިންގ މިނިސްޓަރ ކަމުގެ މަގާމުގައި ޑރ. މުއިއްޒު ހުންނަވައި ގުޅީފަޅަކީ ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމުގައި ވިދާޅުވިކަމަށެވެ. އަދި ކޮށްފައިވާ މަސައްކަތުގެ ބަދަލުވެސް ނުދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގޮއިދޫއާއި، ފެހެންދޫ އަދި ފުޅަދޫގެ ރައްޔިތުން ދެން އަނިޔާވެރިކަމާއި ބިރުވެރިކަމާއި އެކަހެރިވުމަށް ދާކަށް ބޭނުން ނުވާނެ ކަމަށެވެ. އަދި އެ ތިން ރަށަށް ގެނެސްދެއްވާފައިވާ ބަދަލު އެރަށްށުގެ ރައްޔިތުނަނަށް ފެނަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަރައްގީ ރަށްތަކަށް ގެނެސްދެވުނީ ސިޔާސީ ހަލަބޮލިކަމާއި ވާދަވެރިކަމުގެ ތެރެއަށް ނުގޮސް ވެފައިވާ ވައުދުތަށް ފުއްދަން މަސައްކަތް ކުރެއްވުމުން ކަމަށެވެ.

ރައީސް ސާލިހް ވިދާޅުވީ ވެރިކަމުގެ ދައުރެއް އެމަނިކުފާނު ނިންމާލަނީ ސިޔާސީ ބޭނުންތަކަށް އެއްވެސް މީހެއް ހައްޔަރު ނުކޮށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ނޫސްވެރިއަކަށްވެސް މިސަރުކާރުގައި ހުރަސް އަޅާފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ހިޔާލުފާޅުކުރުމާއި، ނޫސްވެރިކަމާއި ސިޔާސީ ހަރަކާތް ތަކަށް ޖާގަ ދީގެން ރައްޔިތުންނަށް ވެފައިވާ ވައުދުތަށް ފުއަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: