ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ދައުރުނިމޭއިރު އަސާސީ ހިދުމަތްތަށް ހުރިހާ ރައްޔިތުންނަށް ލިބޭނެ: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ފުރަތަމަ 5 އަހަރު ނިމޭއިރު ރާއްޖޭގައި އަސާސީ ހިދުމަތްތަށް ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ބ. އޭދަފުއްޓަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަސާސީ ހިދުމަތްތަށް ނުލިބޭ އެތަށް ރަށެއް ހުރިކަމަށެވެ. އަދި އެކަން އެހެންވާން މެދުވެރިވި ސަބަބަކީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތު ތަކުގެ ސަބަބުންނާއި ތަފާތުކުރުން ތަކެއް ގެންގުޅުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އޭދަފުއްޓަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުންއައި މަސައްކަތުގައި އެންމެ ކުރީސަފުގައި ނަން އޮންނަ ރަށެއްކަމަށެވެ. އެރަށުގެ ތަރައްގީއާމެދު އޭދަފުށީގެ ރައްޔިތުން ވިސްނަވާ ކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެރަށުގެ ރައްޔިތުން ސަރުކާރަށް ދެއްވާ އެއްބާރުލުމެވެ.

ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއް އައި އިރު މާބޮޑު ތަރައްގީއެއް ރަށަށް ގެނެސްދެއްވާފައި ނުވާކަމެވެ. ނަމަވެސް ރަށުގެ މަގުތަކުގެ މަސައްކަތް އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަނެ ނިންމެވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭދަފުއްޓަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި އެރަށުގެ ބޯހިޔާވަހިކަމަށް ހައްލެއްހޯދަވައި ދެއްވާނެ ކަމަށާއި އެރަށުގައި ސްޕޯރޓްސް ކޮމްޕލެކްސް އެއްއަޅައި ދެއްވާނެ ކަމަށެވެ. އަދި އެރަށުގެ ބަނދަރު އަޕްގްރޭޑް ކުރައްވާނެ ކަމަށާއި މޫދަށްއެރޭނެ ސަރަހައްދެއްވެސް ހަދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ތަރައްގީ ގެނެއުމުގައި ބަލާނީ އެރަށެއް އެންމއ ކުރިއަށް ގެންދެވެން ހުރި ގޮތްތަށް ބަލައި، ދެނެގަނެ އެގޮތްގޮތަށް ވިސްނައިގެން ރަށްތައް ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އޭދަފުޓަށް ވެސް އެ ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: