ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސަރުކާރުން ސިއްރިއްޔާތުގައި އަތޮޅުތަކެއް ވިއްކާލައިފި: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ އަތޮޅުތަކެއް ސިއްރުން ވިއްކާލާފައިވާކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް ވަނީ ރައީސް ސާލިހު ސަރުކާރުން ހިޔާނާތްތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ އަތޮޅުތަކެއް ވިއްކާލާފައިވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ސިއްރުންކަމަށާއި އެއަށްފަހު މަޖިލީހުގައި މަރުތަޅު އަޅުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ދައުލަތުގެ ބަންޑާރނައިބު މަޖިލީހަށް ހާޒިރުކުރެވިގެންދިޔަކަމަށެވެ. އަދި އެދުވަހަށްފަހު ރައްޔިތުންގެ މަޖިލީސް ހުއްޓުމަކަށް އައިސްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި ދައުރު ނިމިގެންދިއުމަށް ބާކީ އޮތީ 14 ދުވަސްކަމަށާއި ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިގެން ނުދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަށްތަކަށް އަރައި ރައްޔިތުންނަށް ބިރުދައްކައި ހައްޔަރުކޮށް ޑިމޮކްރެސީ އާއި ހިލާފަށް ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ބަލައި ނުގަންނާނެކަމަށެވެ.

އިބްރާޙިމް ވިދާޅުވީ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ އިންތިހާބުގައި ރައީސް ސާލިހަށް ރައްޔިތުން ވޯޓު ނުދޭނެކަމަށާއި މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންވެސް ކުރިއަށް އޮތް ދައުރުގައި ނުތިބޭނެކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް ވޯޓު ދޭންވީ ސަބަބެއް ނެތްކަަމަށެވެ. އެގޮތުން ސަރުކާރުންވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލާފައިކަމަށާއި މިއީ “ގައްދާރު” ސަރުކާރެއްކަމަާއި އެހެންކަމުން އެއްވެސް ވޯޓެއް ދޭން ނުޖެހޭކަމަށް އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

އިބްރާހިމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތިތަކަކީ ފަޅުތަކެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: