ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސެއް ތައާރަފުކުރަނީ!

ގާސިމް ކުރިނބިއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ވެރިކަން ލިބިއްޖެނަމަ ރިސްކް އެލަވަންސެއް ދިނުމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް ވައުދުވެވަޑައިގެންފިއެވެ.

މިކަން ގާސިމް ހާމަކުރެއްވީ ކުރިނބިއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައެވެ. މި ސަރުކާރުން ގައުމުގެ ހަމަޖެހުން ނަގާލައިފިކަމަށް ތުހުމަތުކޮށް ގާސިމް ވިދާޅުވީ މިކަމުގެ ސަބަބުން ވަޒީފާ އަދާކުރާ މިހުންގެ ސަލާމަތާއި ރައްކާތެރިކަންވެސް ކަށަވަރުނުވާކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސެއް ތައާރަފުކުރުމަށް ގާސިމް ވަނީ ވައުުވެވަޑައިގެންފައެވެ.

އެގޮތުން ފުލުހުންނާއި ސިފައިންނާއި، އެއާޕޯޓު މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ފަރާތްތަށް ނަމަވެސް، ރިސްކެއް އޮވެގެން މަސައްކަތްކުރާ ކޮންމެ މީހަކަށް މި އެލަވަންސް ލިބޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވަކި ވަކި ވަޒީފާތަކުގެ ސަބަބުން ރިސްކް ލެވެލް އިތުރުވާކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ އެފަދަ ފަރާތްތަކަށް ދޭ މިންވަރު އިތުރުވާނެކަމަށެވެ.

ކުރިނބީގައި ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގެ ބައިވެރިން.

ކުރިނބީގެ ރައްޔިތުންނާއި ގާސިމްގެ ކެމްޕެއިން އެޖެންޓަށް އަލީ ވަހީދު ވާހަކަދައްކަވަމުން ވިދާޅުވީ ގައުމު މި އޮތް ހާލަތުން ރަނގަޅުކުރުމަށްޓަކައި ވެރިކަން ދޭންޖެހެނީ ރަނގަޅު އަޒުމެއްގައި މަސައްކަތް ކުރާ ލީޑަރަކަށްކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ގައުމަށް ބޭނުންވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރުފަދަ ވެރިއެއްކަމަށެވެ.

އަލީ ވަހީދު ވަނީ ކުރިނބީގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން މަގުތަކާއި ހޮސްޕިޓަލްއާއި، އެހެންވެސް ދަތިތައް ކުރިނބިއަށް އެބަހުރިކަމަށް ފާހަގަކުރައްވާ ވައުދުވެވަޑައިގެންނެވީ ކުރިނބީގެ ބޯޅަ ދަނޑު ތަރައްގީކޮށްދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: