ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސަރުކާރުތަކުން ކިހާދޫއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވޭ: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުތަކުން ކިހާދޫއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ބ. ކިހާދޫ ކުރެއްވި ކެމްޕެއިން ދަތުރުގައި އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ފާހަގަކުރެއްވީ އެރަށުގެ ބަނދަރަށް އެއްވެސް ތަރައްގީއެއް ނާންނަ ކަމަށެވެ. ރައީސް ސާލިހް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ބަނދަރެއް ކިހާދޫގައި އަޅައިދެއްވުމަށް އެދުމުން 400 މީހުންގެ އާބާދީ އޮންނަ ރަށެއްގައި ބަނދަރެއް އެޅުމުގެ ބޭނުން ނެތް ކަމަށް ޑރ. މުއިއްޒު ވިދާޅުވިކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކޮށްދޭން ނިކުމެ ހުރިކަމުގައި ވިޔަސް ކިހާދޫގެ ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ގެނެވޭ ބަދަލަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަފާތު ކުރުމެއްނެތި ގެނެވޭ ބަދަލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް އަސާސީ ހިދުމަތްތަށް ފުރިހަމަ ވުމުން ރައްޔިތުންގެ ވިސްނުން ބޮޑުތަނުން ބަދަލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ނިމުމުން ކަންކަމާ ރައްޔިތުން ވިސްނަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ތަރައްގީގެ ނަމުގައި ކުދި އާބާދީތައް އޮންނަ ރަށްތައް އެކަހެރިކޮށް ބޭނުންވާ އަސާސީ ހިދުމަތްތަކުން މަހުރޫމުކޮށް ހަމައެކަނި ވަކިވަކި ތަންތަނަށް އަމާޒުކޮށްގެން ޕްރޮޖެކްޓުތަށް ކުރައަށް ގެންދިޔަ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔާއީ ރާއްޖެއަށް އަންނަން ޖެހޭ ތަރައްގީ ނައުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް އިގުތިސާދީ ގޮތުން ލިބެންހުރި ނަފާ އޭގެ އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: