ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ނަގާ ދަރަނީގެ ވާހަކަދައްކަން ނަޝީދަށްވެސް ނުކުރޭ: އަލީ ވަހީދު

ޖިންސީގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު - ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިންޑިއާއިން ނަގަމުންދާ ދަރަނީގެ ވާހަކަތައް ދައްކަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކެރިވަޑައިނުގަންނަވާކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ހދ. ނާވައިދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ގާސިމްގެ އިންތިހާބީ އެޖެންޓުކަން ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުވަނީ ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސަމުންދާކަމުގެ ވާހަކަތައް ދައްކައި އެކަމާއި ދެކޮޅަށް އަޑު އުފުލާފައިކަމަށެވެ.

އޭނާ ވިދާޅުވީ، ޗައިނާގެ ފަތުރުވެރިން ދިވެހިރާއްޖެއަށް ނާންނަ ވަރަށް އެ މަނިކުފާނު އެ ވާހަކަތައް ދެއްކެވިކަމަށެވެ. އެހެންނަމަވެސް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް އައުމާއިއެކު އިންޑިއާއިން ދަރަނި ނަގަމުންގޮސް “އަޅަން އުޅޭ ބުރިޖު ކަނޑު އަޑިއަށް އަޅަމުންދާއިރުވެސް” އިންޑިއާއިން “ދޭ” ދަރަނީގެ ވާހަކަތައް ދައްކަވަން އެންމެ ފަހަރަކުވެސް ރައީސް ނަޝީދަށްވެސް ކެރިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، އެ ވާހަކަތައް ދައްކަވަން ނުކުރޭކަމަށާއި އިންޑިއާގެ ނަންވެސް ކިޔަން ނުކެރޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަލީ ވިދާޅުވީ، ދިވެހި ރައްޔިތުން އެކަމާއިމެދު ވިސްނަވަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ޒުވާން ޖީލުތަކަށް މިސާލު ދައްކަން ޖެހޭ ވެރިކަން އެކަންކަން ނުފެންނަކަމަށް ހެދުމުން ސުވާލު އުފެދިގެންދާކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބުރިޖުވެސް އަޅާ ނިންމެވިކަމަށެވެ. އޭނާ ވިދާޅުވީ، އެ ދައުރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އިމާރާތްތައްވެސް އަޅާފައިވާކަމަށާއި ދަރަނިވެސް ނެންގެވިކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވިދާޅުވީ، އޭރު އެ ވާހަކަތައް ދެއްކެވީ އެކަމަކީ ނުރައްކާތެރިކަމެއް ގޮތުގައި ދެކިގެންކަމަށެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގައި ރައީސް ޔާމީން ނެންގެވި އަދަދަށްވުރެ ބޮޑު އަދަދެއް އެހެންކަމަކުން ދަރަންޏަށް ނަގާއިރު، އެ ގައުމުގެ ނަން ބުނަން ނުކެރޭ ހިސާބަށް ދިއުމުން އެކަމާއި ސުވާލު ކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ، މި ޒަމާނުގައި ގައުމެއް ހިފުމުށް އަމަލުކުރަމުންދަނީ ކުރިން ކުރާ އުސޫލުން ބަޑި ފަދަ ހަތިޔާރު ބޭނުންކޮށްގެން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އަންނާނެ ބަޔަކު ތިބީ އަންނާނެ ގޮތަކަށް ހާޒިރުވެކަމަށެވެ.

އަލީ ވިދާޅުވީ، އަައްޑޫ އަތޮޅުގައި ޕޮލިސް ޓްރެއިނިންގް ސެންޓަރެއް ގާއިމުކޮށްފައިވާނަމަވެސް އައްޑޫގެ ރައްޔިތުންނަށް އެ ތަނަށް ނުވަދެވޭކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ފުލުހުންނާއި ސިފައިންނަށްވެސް އެތަނަށް ނުވަދެވޭކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ދެކުނުގައި ޓްރެއިނިންގް ސެންޓަރެއް އެޅުމުގެ ބޭނުންތެރިކަމާއިމެދު ސުވާލު އުފައްދަވާފައެވެ. އަލީ ވިދާޅުވީ، ހަނިމާދޫގައި ތިބީވެސް އިންޑިއާ މީހުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ މީހުން ތިބިކަމަށާއި ސްޓްރެޓީޖިކް ހުރިހާ ލޮކޭޝަނެއްގައި ތިބިކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: