ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިންޑިޔާގެ ދަންތުރައިގައި ޖެހިފައިވާއިރު އެކަމާއި މެދު ރައީސް ނަޝީދު އެއްޗެއް ވިދާޅެއް ނުވޭ: ގާސިމް

ގާސިމް ކުރިނބިއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖެ އިންޑިޔާގެ ދަރަނި ދަންތުރައިގައި ޖެހިފައިވާއިރު، އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވާކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހދ.ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވާ ޤާސިމް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަަށް ފާޑުވިދާޅުވެފައެވެ،

އެގޮތުން ކުރީ ސަރުކާރުން ޗައިނާއިން ލޯން ނެގުމުން “ދަރަނި ދަންތުރަ” އޭ ކިޔައިގެން ރައީސް ނަޝީދު އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވާއިރު، އެމަނިކުފާނަށް ޗައިނާއިން ނެގި ލޯންއަށްވުރެ ދެގުނަ ތިން ގުނަ އިތުރު ލޯން މިހާރުގެ، ރައީސް ޞާލިހްގެ ސަރުކާރުން އިންޑިޔާގެ އަތުން ނަގަމުން އަންނަ އިރު މިކަމާއި މެދު ރައީސް ނަޝީދު އެއްޗެއް ވިދާޅުނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިޔާ ސިފައިން ތިބިކަން ފާހަގަކޮށް އިންޑިޔާއަކީ ރާއްޖެއަށް ވަރަށް އިހްލާސްތެރި ގާތް އަވަށްޓެރި ގައުމެއްކަމުގައި ވިދާޅުވިއެވެ. އިންޑިޔާއިން ރާއްޖެއަށް އެހީވަނީ އަވަށްޓެެރި ގައުމަކަށް ވުމުންކަަމަށް ވެދާނެކަމަށް ގާސިމް ވިދާޅުވިއެވެ. އެހެން ނަމަވެސް ބޭރު ގައުމެއްގެ ސިފައިނާ ރާއްޖޭގައި ތިބުމަށް ހުއްދަ ދެވުމަކީ ކަނޑައެޅިގެން ޤާނޫން އަސާސީ އާއި ހިލާފްކަމެއްކަމަށާއި، މިކަންކަމުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ ފަރާތަކީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމްގައި ހުންނަވާ ބޭފުޅާކަމަށް ވިދާޅުވިއެވެ. އިންޑިޔާ ސިފައިން މިގައުމުގައި ތިބުމަށް ހުއްދަ ދެވިގެން ނުވާނެކަމަށާއި އެކަން އެގޮތައް ހިނގައިގެންވެސް ނުވާނެކަމަށް ވިދާޅުވިއެވެ.

ހަމަ މިގޮތަށް ޑިއެގޯ ގާސިޔާގެ މައްސަލައިގައިވެސް ރައީސް ކަންތައް ކުރެއްވި ގޮތް ދިވެހި ރައްޔިތުންނަށް ފެނިއްޖެކަމަށް ގަާސިމް ވިދާޅުވިއެވެ.

މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ޞާލިހް ފޮނުވި ސިޓީއަށް އަލިއަޅުއްވާ ގާސިމް ވިދާޅުވީ މޮރިޝަސްއަށް ތާއިދުކޮށް ރާއްޖޭގެ ސްޓޭންޑް ބަދަލް ކުރިކަމަށް އެ ސިޓީގައި ރައީސް ވިދާޅުވެފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިކަމަކީ ދިވެހި ރާއްޖޭގެ ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް އެއްބަސްވެފައިވާ ކަމެއް ނޫންކަން ގާސިމް ފާހަގަކުރެއްވިއެވެ.

ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭގެ އެކި އެކި ބޭފުޅުން މިއީ ވައްކަމެއްކަމަށް ގޮވާ އަޑު އުފުލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ތަފްސީލްއާއި ފޯޅަވަހީގެ މައްސަލައިގައި މާބޮޑު އެއްޗެއް ސަރުކާރުން ހާމަކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އުތުރުތިލަފަޅުގެ މައްސަލައިގައިވެސް ސަރުކާރުން ކަންކޮށްފައިވާ ގޮތުގެ މާ ބޮޑު ތަފްސީލްއް ރައްޔިތުންގެ މަޖިލީހަށްވެސް ނޭނގޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: