ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއަށް ވަނީ ހަލާލު ފައިސާ ނޫން ކަމަށް ވިދާޅުވީ ރައީސް ޔާމީން އަމިއްލަފުޅަށް: ގާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއަށް ވަތް ފައިސާއަކީ ހަލާލު ފައިސާ ނޫން ކަމަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ނ. .މަގޫދޫއަށް ވަޑައިގެން އެރަށުގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައެވެ.

ގާސިމްގެ ވާހަކައިގައި ރައީސް ޔާމީންނަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު އަމިއްލަފުޅަށް ޓީވީއިން ދެއްކެވި ޖަލްސާއެއްގައި “ތިމަންނާގެ ގެއަށް ފޮށިގަނޑު ގަނޑުގައި އަހްމަދު އަދީބު ފޮނުވައިގެން ވަތް ފައިސާ އަކީ ހަލާލު ފައިސާއެއް ނޫންކަމަށް ވިދާޅުވެފައިވާކަމުގައި ގާސިމް ވިދާޅުވިއެވެ. އަދި ގާސިމް ވިދާޅުވީ ރައީސް ޔާމީން އެ ވިދާޅުވާ ފައިސާ އެއީ ކިހާވަރެއް ތޯ؟ ކިތައް މިލިއަންތޯ؟ ކިތައް ބިލިއަންތޯ؟ ޑޮލަރުތޯ؟ ޕައުންޑުތޯ؟ ނޫނީ ކޯއްޗެއްތޯ؟ ދިވެހި ރުފިޔާތޯ؟ މިކަން އެބަ އެންގެން ޖެހޭކަމަށް ވިދާޅުވެފައެވެ.

“އެހެންވީމަ ކަމެއް ނުކުރައްވާތޯ އެ ހުންނެވީ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ މާލީ ބަޔާން ހުށަަހަޅަމުންގެންދަވާ ރައްޔިތުންގެ މަޖިލީހަށް. ބައްލަވާލައްވާ އޭރު އަމިއްލަ މާލީ ބަޔާނުގައި ކިހާ ވަރެއް ޑިކްލެއާރ ކުރެވިފައިވޭތޯ. އެމަނިކުފާނުގެ އަމިއްލަ ޕާރސަނަލް އެކައުންޓްތަކުގައި ހުރީ. މިއަދު އަޑުއަހަން 400 އަށްވުރެ ގިނަ މިލިއަން ރުފިޔާ އެމަނިކުފާނުގެ ދިވެހިރާއްޖޭގައި ހުރި ބޭންކުތަކުގައި ހުރި ވާހަކަ. އަދި ހަމަ އެހެންމެ ބޭރުގެ ބޭންކްތަކުގައިވެސް ފައިސާ ހުރި ވާހަކަ އަޑުއަހަން.” ގާސިމް ވިދާޅުވިއެވެ.

އަދި މިކަންކަމުގެ ހަޤީގަތް އިންގޭނީ އެކަން ދަންނަ މީހުންނަށް ކަމަށާއި މިއީ އެމަނިކުފާނުވެސް އަޑުއަހާފައި ހުރި ވާހަކަތައްކަމުގައި ޤާސިމް ވިދާޅުވިއެވެ.

“ރައީސް ޔާމީންގެ ޝަރީޢަތްތައް ހިނގަމުން ދިޔަ އިރު، އެކަމިނުކުފާނުގެ އެކައުންޓްތަކަށް ޖަމާވެފައި ހުރި ފައިސާގެ އަދަދުތައް ހާމަކޮށްފައިވާކަމަށާއި، ޗެކްތަކެއްގެ ވާހަކަ ޝަރީޢަރުގައި ދެކެވުނު އިރު، ޗެކް ނަންބަރެއް ތަފާތުވެގެން މީހަކަށް ހުކުމް ސާބިތުނުވީއޭ ބުނުމަކީ ޖޯކެއް” ގާސިމް ވިދާޅުވިއެވެ.

އަދި އެމަނިކުފާނަށް ލިބެނީ ހައްގުއަދަބެއް ނޫންކަމަށާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ އެކަންޓްތަކަށް އައި ލާރިތަކަކީ ކިހިނެތް އައިސްފައިވާ ލާރި ތަކެއްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.

“މިހާރުވެސް މިލިއަނުން މިލިއަނުން ޑޮލަރު ޖަމާ ވޭތޯ؟ 100 މިލިއަނުން 200 މިލިއަނުން ނޫނީ 1 މިލިއަނުން ރުފިޔާ ނުވަތް ޑޮލަރު ޖަމާވޭތޯ އެބޭފުޅާގެ އެކައުންޓަށް. ބަލަ މިވަނީ ކީއް. ވެރިކަމުގެ ބާރުވެރިކަމުގައި ހުންނަވަައިގެން ނުހައްގުން ލިބޭ ފައިސާ ދޯ އެއީ؟” ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނަކީވެސް މަޖިލީހުގެ މެމްބަރެއްކަމުން ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުގައި ރައީސް ޔާމީންގެ ސަރުކާރުން ހިޔާނާތްވެފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން އެ ހޮސްޕިޓަލް އެޅި އިރު ސިންގަޕޫރަށް ޓެންޑަރ ހުޅުވާލިއިރުގައި ދެ ކުންފުންޏަކުން ލިބުނު ކޯޓޭޝަން އައިސްފައިވާއިރު، މާލިއްޔަތު ކޮމިޓީއަށް  ރައްޔިތުންގެ މަޖިލީހަށް ނާންގާ 150 މިލިއަން ޑޮލަރަށް ޕްރޮޖެކްޓް ކުންފުންޏަކާއި ހަވާލުކުރިކަމަށާއި، އަދި ހަފްތާއެއް ފަހުން މަޖިލީހަށް ޕޭޕަރުތައް ހުށަހެޅި އިރު އެހެން ކުންފުންޏެއްގެ ކޯޓޭޝަނެއްވެސް އޭގައި ހިމެނޭކަމަށް ވިދާޅިވިއެވެ. އަދި އެ ކުންފުނީގެ ކޯޓޭޝަންގައި އިނީ 50 މިލިއަން ޑޮލަރުކަމުގައި ވިދާޅުވިއެވެ. ނަމަވެސް ދަރުމަވަންތަ އިމާރާތް ކުރަން ހަވާލު ކުރި ކުންފުންޏަށްވުރެން އެ ކުންފުނީގެ ޓްރެކް ރެކޯޑް މާ ރަގަޅުކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެ ކުންފުންޏަށް ޕްރޮޖެކްޓް ދިނުމުގެ ބަދަލުގައި އަގުބޮޑުކޮށް 150 މިލިއަންގެ ކޯޓޭޝަން ދިން ކުންފުންޏަށް މަސައްކަތްދީފައިވަނީ ކީއްކުރަންވަންތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. މިވަރު ކަންތައްތައް ކުރަން ހެޔޮ ނުވާނެކަމުގައި ގާސިމް ވިދާޅުވިއެވެ.

މިވާހަކަތައް މި ދައްކަނީ ކުރިގެން ސާބިތުކަންމަތީގައި ކަމަށް ވިދާޅުވިއެވެ. ދިވެހި ލިބުވެތި ރައްޔިތުންނަށް މިވާހަކަތައް އަޑުއިވޭނެކަމުގައި ވިދާޅިވުއެވެ. އަދި މި ދައްކަނީ ދޮގު ވާހަކަތަކެއް ނޫންކަމުގައި ވިދާޅިިވިއެވެ. އިނގޭހާވެސް އެއްޗަކީ ވަފާތެރި ހިކުމަތްތެރި ގައުމު ސަލާމަތްކަމުގެ އައްސޭރިއަކަށް ގެންގޮސްދޭނެ އެމަނިކުފާނު ކުރި ފަދަ މަސައްކަތެއް ކުރި އެކަކުވެސް އަދި މިހާތަނަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމްގައި 2008 ކުން ފެށިގެން ވެސް މިހާތަނަށް ވެރިކަމަށް ކުރިމަތިލާފައި ނުވާ ކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: